ކެމްޕެއިން ބެނާތަކާއި ޕޯސްޓަރުތައް ހަރުކުރަންޖެހޭނީ ކޮންޓްރެކްޓް އުސޫލުން މީހުން ހޯދައިގެން ނޫން ކަމަށް ޑިފެންސް މިނިސްޓަރ، މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހުގެ ކެމްޕޭން ތަރުޖަމާނު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ކެމްޕެއިން ބެނާތަކާއި ޕޯސްޓަރުތައް ހަރުކުރަންޖެހޭނީ ކޮންޓްރެކްޓް އުސޫލުން މީހުން ހޯދައިގެން ނޫން ކަމަށެވެ. މާރިޔާ ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުގެ ފަރާތުން އިއްޔެ މާލޭގެ ގެތަކަށް ޒިޔާރަތް ކުރުމުން ރައްޔިތުން ދައްކަމުންދިޔައީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ކެމްޕެއިން ބެނާތައް ދެމުމަށް މުޅި މާލެއަށް ހޮޅިތަޅާފައި ހުރި ވާހަކަ ކަމަށެވެ. އަދި މީގެ ކުރިން ހޮޅި ވަޅުލީ އަޑިން ކަމަށާއި މިއަދު ހޮޅި ޖަހާފައި ހުރީ މައްޗަށް ކަމަށް ރައްޔިތުން ބުނަމުންދިޔަ ކަމަށް މާރިޔާ ވިދާޅުވިއެެވެ.

މާރިޔާ ވިދާޅުވީ އިދިކޮޅުގެ ކެމްޕެއިން ޕޯސްޓަރުތައް ޖެހުމަށް މުޅި މަޖީދީމަގަށް ހޮޅި ޖަހައި ހަލާކޮށްލާފައިވާ ކަމުގެ ޝަކުވާ ރައްޔިތުން ކުރި ކަަމަށެވެ. މާރިޔާ ވިދާޅުވީ އެމްޑީޕީ މިއަދު ތިބީ ސަރުކާރުގައި ކަމަށާއި އެޕާޓީގެ ޕޯސްޓަރުތަކާއި ބެނާތަށް ދަމަނީ އެޕާޓީއަށް ތާއިދުކުރާ އެ ހިސާބެއްގެ ސަޕޯޓަރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ކެމްޕެއިން ޖަގަހަތަކުގައި ދިދަ ދަމަމުން އެދަނީ، ހިސާބުގަނޑު ކުދިން ކުރާ ކަމެއް އެއީ، ތަނަކުން ބަޔަކު ހޯދައިގެން ކޮންޓްރެކްޓް އުސޫލުން ކުރާ ކަމެއް ނޫން އެއީކީ އެއް، ކެމްޕެއިންގެ ދިދަ ދަމާލުން،" މާރިޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން