ޅ.ނައިފަރު ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އެމްޓީސީސީން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.

މިމަސައްކަތުގެ ދަށުން 20.95 ހެކްޓަރުގެ ބިން ހިއްކާ އެބިން ހިމާޔަތްކުރުމަށް 1600 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުމާއި، 359 މީޓަރުގެ ރިވެޓްމަންޓްޖެހުމާއި 180 މީޓަރުގެ ގްރޮއިން ޖެހުމަށްވަނީ ހަމަޖެހިފައެވެ.



އެމްޓީސީއާއި ހަވާލުކުރައްވާފައި ވަނީ، ބިން ހިއްކުމުގެ މަސައްކަތް 11 މަސް ދުވަހުން ނިންމާގޮތަށް، 141 މިލިއަން ރުފިޔާއަށެވެ.

6000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ނައިފަރު ރައްޔިތުން ޢާއްމުކޮށް ހަރަކާތްތެރިވަނީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައެވެ. ނައިފަރުގައި ބޮޑު އާބާދީއެއް ދިރިއުޅުމާއެކު މި ރަށުގެ ބިންވަނީ އެއްކޮށް ފުރި ބާރުވެފައެވެ. އެގޮތުނ،ް ބޯހިޔާވަހިކަމާއި އެހެނިހެން ސިނާއީ ބޭނުންތަކަށް ބިން ނުލިބުމުގެ މައްސަލައަކ،ީ އެކަމަކަށް ނައިފަރު ރައްޔިތުން އެންމެ ބޮޑު ހައްލަކަށް ބޭނުންވެފައިވާ އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލައެވެ.

މީގެ އިތުރުން ރަށް ގިރުމަކީވެސް މިރަށު ރައްޔިތުން އެތައް ޒަމާނެއްވަންދެން ތަޙައްމަލު ކުރަމުންއައިސްފައިވާ ބޮޑު މައްސަލައެކެވެ. މިއަދު ސޮއެކުރެވޭ ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކ،ު މުސްތަޤުބަލުގައި ގޯތިގެދޮރު އެޅުމަށާއި ސިނާޢީ މަސައްކަތްތައް ކުރުމަށް ނައިފަރުގެ ރައްޔިތުންނަށް ބިން އިތުރުވެގެންދާނެއެވެ. އަދ،ި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމާއެކ،ު އަލަށް ހިއްކޭ ސަރަހައްދު ރަށް ގިރުމުގެ ނުރައްކަލުން ހިމާޔަތްކުރެވިގެން ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން