އަހުމަދު މަސްނޫމް   21 އޯގަސްޓު 2023 - 2:7
ނ.ވެލިދޫ ޖޫނިއަރ ކޮލެޖުގެ ކޮންސްޓްރަކްޝަން މަސައްކަތް ފަށައިގަތުމަށްޓަކައި ޕްރޮޖެކްޓް ސައިޓް އެމް.ޓީ.ސީ.ސީ އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ދަނީ ޕްރޮޖެކްޓްތައް ފަށަމުންނެވެ. އެގޮތުން ނ.ވެލިދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖުގެ ސައިޓް މި މިސައްކަތް ކޮންޓްރެކްޓްކުރެވިފައިވާ ފަރާތް ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ މިއަދު ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.

މިނިސްޓްރީގެ ޕްރޮޖެކްޓް ޓީމާއި ކޮންޓްރެކްޓަރގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޓީމާއި އަދި ނ.ވެލިދޫ ކައުންސިލްގެ މެމްބަރުން ހިމެނޭހެން 'ސައިޓް ހޭންޑް-އޯވަރ މީޓިންގ' އެއް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި މިއަދު ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުގައި ޕްރޮޖެކްޓް ސައިޓުގެ މަޢުލޫމާތު ކޮންޓްރެކްޓަރަށް ދިނުމާއި، މަސައްކަތް ފަށައިގަތުމަށް ވާންޖެހޭ ތައްޔާރީތަކާގުޅޭ ގޮތުން މަޝްވަރާ ކުރެވި، ސައިޓް ހޭންޑްއޯވަރ ނޯޓުގައި ސޮއިކުރެވުނެވެ.

މި ޖޫނިއަރ ކޮލެޖު ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 10225.7 އަކަފޫޓްގެ ބިމެއްގައެވެ. މި އިންސްޓިޓިއުޓަކީ ސިންގަލް ސްޓޯރީ (އެއް ބުރިއަށް) ވާ ގޮތަށް އެޅޭ އިމާރާތެކެވެ.

މި ޕްރޮޖެކްޓް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާ ސްމާޓް ކްލާސްރޫމްގެ އިތުރުން އައި. ސީ. ޓީ ލެބޯޓަރީއަކާއި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. އަދި މި އިންސްޓިޓިއުޓުގައި ތަފާތު އެކި ދާއިރާތަކުން ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގުމަށްޓަކައި މަލްޓިޕާޕާސް ވޯކްޝޮޕްތައްވެސް ތަރައްޤީ ކުރެވިގެން ދާނެއެވެ.

މި މަހު 10 ވަނަ ދުވަހު މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރެވިފާވާއިރު މޮބިލައިޒޭޝަންގެ މަސައްކަތްތައްވަނީ ކޮންޓްރެކްޓަރ ފަށާފައެވެ. ވެލިދޫ ޖޫނިއަރ ކޮލެޖުގެ ޕްރޮޖެކްޓް އެމް.ޓީ.ސީ.ސީ އާ ހަވާލު ކުރެވިފައިވަނީ 9 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ދިވެހި ޒުވާނުންނަށް މަސައްކަތާއި ހުނަރުގެ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަކީ މިސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކަށްވާއިރު ވެލިދޫގައި މި އެޅޭ އިންސްޓިޓިއުޓަކީ އަތޮޅުތެރެއަށް މަސައްކަތުގެ ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް މިސަރުކާރުން ކުރަމުން އަންނަ މުހިއްމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.

މި ޕްރޮޖެކްޓުގެ އިތުރުން ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީކުރުމުގެ މަޝްރޫއާއި ރ.އަލިފުށީގައި ޓިވެޓް ސެންޓަރެއް އިމާރާތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް މިހާރު ނިމި ހުޅުވުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. އަތޮޅު ތެރޭގައި މަތީތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށާއި ޚާއްސަކޮށް މަސައްކަތުގެ ތަޢުލީމާއި ތަމްރީން މިހާރަށްވުރެބޮޑަށް ފުޅާކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް މި ސަރުކާރުންދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން