ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި 18 އަހަރުގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ދޭނޭކަމަށް ޕީޕީއެމް, ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނުގެ މެނިފެސްޓޯ އިފްތިތާހްކުރުމަށް މިރޭ ބޭއްވި ޖަލްސާގައެވެ.

މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ހުރި އިޖްތިމާއި އަދި އިގްތިޞާދީ ގިނަ މައްސަލަތަކުގެ ހައްލު ގުޅިފައިވަނީ ބޯހިޔާވަހިކަމަށްވާއިރު އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެ މައްސަލައަށްކަމަށެވެ. އެހެންކަމުން މުޅި ރާއްޖޭގައި ހުރި މައްސަލަތަކުގެ އެންމެ ބޮޑު ހައްލަކަށް ވާނީ ރައްޔިތުން ގެދޮރުވެރިކުރުވުން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތް 20 އަހަރަށް ޢަމާޒުކޮށް ރާއްޖޭގައި 65000 ގެދޮރު ޔަގީންކޮށްދެއްވާނެކަމަށެވެ.

މުޢިއްޒު ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުގައި ހިޔާ މަޝްރޫއުއިން ފްލެޓް ލިބުނު މީހުންގެ ތެރެއިން މި ސަރުކާރުން ފްލެޓް އަތުލެއްވި މީހުންނަށް އޭނާގެ ވެރިކަމުގައި ފްލެޓް ދެއްވާނެކަމަށެވެ. އަދި މި ސަރުކާރުން ގޯއްޗާއި ފްލެޓް ލިބުނު މީހުންނަށް އެ ތަންތަން ކަށަވަރުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކަފުޅުގައި ގޯތި ލިބިފައިވާ މީހުންގެ ތެރެއިން މާލީ ތަނަވަސްކަން ނެތް މީހުންނަށް، އެމަނިކުފާނުގެ ސަރުކާރުގައި ޚާއްސަ ސްކީމެއްގެ ތެރެއިން ގޯތި އެޅޭނެ ގޮތް ހަމަޖައްސަވާ ދެއްވާނެކަމަށް ވިދާޅުވެއެވެ.

"ހިޔާ މަޝްރޫޢުން ފްލެޓް ލިބުނު އެތައް ހާސް ބަޔަކު ލިސްޓުން އުނިކުރި. މި އެންމެނަށް، ސަރުކާރުގެ އެންމެ ފުރަތަމަ ހައުސިން މަޝްރޫޢުން ފްލެޓް ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި "ފުށިދިއްގަރު" ފަޅު ހިއްކައިގެން 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކޮށް، ބްރިޖުންނާއި، ހައި ސްޕީޑް ފެރީން ގުޅާލައްވާނެކަމަށެވެ.

މިކަންކަމުގެ އިތުރުން މާލޭގައި ހުންނަ ސިނަމާލެ، މާލެ ހިޔާ ފްލެޓްތައް އަދި ވިލިމާލޭގައި ހުރި ސިނަމާލެ ފްލެޓްތައް ތަޅާލާ، އާފްލެޓްތަކެއް އަޅާދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން