ވޭތުވެ ދިޔަ 100 އަހަރުގެ ޚަރަދު އެއްކޮށްލުމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ފަސްއަހަރު އަތޮަޅު ތެރޭގެ ތަރައްގީއަށް ކުރި ޚަރަދާއި ގާތްވެސް ނުކުރާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ކޮޅުނބުގައި ރޭ ބޭއްވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖޭގެ ކުދި ރަަށްރަށުގައި މި ސަރުކާރުން ތަރައްގީގެ ގިިނަ ޕްރޮޖެކްޓް ތަކެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ 100 އަހަރު ރާއްޖޭގައި ވެރިކަން ކުރި ހުރިހާ ސަރުކާރުތަކުން އަތޮޅު ތެރޭގެ ރަަށްތަކުގެ ތަރައްގީއަށް ކުރި ޚަރަދު އެއްކޮށްލުމުން ވެސް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގެ މި ފަސްއަހަރުގައި ރަށްތަކަށް ކުރި ޚަރަދާ ނުބައްދަލު ކަމަަަށް ޝާހިދު ވިދާޅުވިއެވެ.



"ކުދި ރަަށްރަށުގައި ބައްލަވާ މިހާރު މި ސަރުކާރުން ހިންގައިފައި ހުރި ޕްރޮޖެކްޓްތައް، މިދިޔަ 100 އަހަރު އެ ރަށްރަށަށް ކުރި ޚަރަދު އެއްކޮށްލީމަވެސް މިފަސްއަހަރު ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުން ކުރި ޚަރަދާއި ގާތްވެސް ނުކުރޭ،" އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ޝާހިދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ، ޕީޕިއެމް-ޕީއެންސީގެ ވެރިކަމެއްގައި އޮންނާނީ ޔާމިންގެ ސަރުކާރުގައި ކުރިން ވެސް އޮތްގޮތަށް ކަމަށެވެ. އެގޮތުން ކުދިރަށްތައް އޮންނާނީ ތަރައްގީގެ ލިސްޓުގެ އެންމެ ފުލުގައި ކަމަށާއި ކުދި ރަަށްތަކުގެ ތަރައްގީއަށް އެއްވެސް ކަމެއް ޕީއެންސީގެ ސަރުކާރުން ނުކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ ޚާރިޖީ ދާއިރާއިން މި ސަރުކާރުން ހޯދި ކާމިޔާބީ ތަކަށް އަލިއަޅުއްވާލައްވާފައެވެ. ޝާހިދު ވިދާޅުވީ ރައީސް ޞާލިހު ހޯއްދެވި އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެއަކީ ދުނިޔެއާ ގުޅިފައިވާ ޤައުމެއްގެ ގޮތުގައި ހެއްދެވުން ކަމަަށެވެ.

އަދި ރާއްޖެ މުޅިން ގައުމުތަކާއި އެކަހެރިވެ އޮތް އޮތުން ރައީސް ސާލިޙުގެ ވެރިކަމުގައި ނައްތާލާފައިވާ ކަމަަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ފަސޭހަވެގެންދަނީ މިހާރު އޮތް ހަރުދަނާ ގުޅުންތަކުގެ ސަބަބުން ކަމަަށް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން