މިއަހަރުގެ ރިޔާސީ އިންތިހާބަށް ތަންފީޒު ކުރެވޭނެ ސިޔާސަތެއް ހިފައިގެން ނިކުމެ ތިބީ އެމްޑީޕީ އެކަނިކަމަަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބ. ހިތާދޫއަށް ވަޑައިގެން އެރަށުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވީ ތަންފީޒު ކުރެވޭނެ މެނިފެސްޓޯއެއް ހިފައިގެން ނުކުމެ ތިބީ އެމްޑީޕީ އެކަނި ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން އަންނަނީ މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ބިންގާ އަޅަމުން ކަމަށެވެ. އެގޮތުން މިހާރު މަސައްކަތް ކުރެވިފައި އޮތް ހިސާބުން އެކަން ހުއްޓުމަކަށް އަތުވެއްޖެ ނަމަ މުޅި ރާއްޖެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން އަޅުގަނޑުމެން މިހާތަނަށް ހާމަކޮށްފައި ހުރި ބައެއް ސިޔާސަތުތައް އެބޭފުޅުންގެ ސިޔާސަތުތަކުގެ ގޮތުގައި ހާމަކުރަމުން އެބަގެންދޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަނުގެ ސިޔާސަތަކީ ރާއްޖެ ތަރައްގީ ކުރެވޭނީ ހުރިހާ ރަށެއް ތަރައްގީކޮށްގެންކަން ގަބޫލުކުރާ ސިޔާސަތެއް ކަމަށެވެ. އަދި ރާއްޖެ ތަރައްގީ ކުރަން ސިޔާސަތުތަކެއް އެކުލަވާލައިގެން ރިޔާސީ ރޭހަށް ނިކުމެ ތިބީ އެމްޑީޕީން އެކަނި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަަޅުގަނޑުމެން މިބޭނުންވާ ތަރައްގީ ރާއްޖެއަށް ގެނައުމަށްޓަކައި ސިޔާސަތުތަކެއް އެކުލަވާލައިގެން ނުކުމެ ތިބި ބަޔަކީ އަޅުގަނޑުމެން އެކަނި، އަޅުގަނޑަކަށް ނުފެނޭ އެއްވެސް ބޭފުޅަކު އަދި އެފަދަ ތަންފީޒު ކުރެވޭނެ ސިޔާސަތެއް ލިޔެގެން ނިކުމެ އެވާހަކަ ދައްކާ ތަނެއް،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން