ހަތް ރަށެއްގައި 664 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހިންގަން ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއުތަައް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ އެވެ. އެގޮތުން މިއަދު އެ ދެކުންފުންޏާއެކު ޕްލޭނިން މިނިސްޓްރީން ވަނީ އެކަމާބެހޭ އެއްބަސްވުން ތަކުގައި ސޮއިކޮށްފައެވެ.

އެއްބަސްވުމުގައި ހައުސިން މިމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެރެޓަރީ ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަހްމަދު ޝިހާދެވެ.

މިއަދު ހަވާލުކުރި ޕްރޮޖެކްޓުތަކުގެ ތެރޭގައި މަގުތަކުގައި ތާރު އެޅުމާއި، ބިން ހިއްކުމާއި، ބަނދަރާއި ގުޅޭ މަސައްކަތްތައް ހިމެނެއެވެ.

އެގޮތުން މިއަދު ހަވާލުކުރީ ބ.ތުޅާދޫ އެއްގަމު ތޮށި އަދި ބޭރު ތޮށި އަޕްގްރޭޑް ކުރުމުގެ މަޝްރޫއާއި، އަދި މ. ރަތްމަންދޫ ހާބަރ ޑެވެލޮޕްމެންޓް އެންޑް ޝޯ ޕްރޮޓެކްޝަން މަސައްކަތާއި ށ. ފުނަދޫ ބިންހިއްކުމުގެ މަޝްރޫއެވެ. މީގެ އިތުރުން ހިމެނެނީ ލ. މާވަށް މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތާއި ޅ.ނައިފަރު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތާއި ތ. ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތެވެެ.

އެ ހުރިހާ މަޝްރޫއުތަކެއްގެ އަގު 664 މިލިއަން ރުފިޔާއަށް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން