ޒަހީނުއްދީން ސަޢީދު   22 އޯގަސްޓު 2023 - 2:24
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް، ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއިދު ކުރައްވަން ނިންމަވައިފިއެވެ.

ޑރ. މުއިއްޒަށް ތާއިދު ކުރާކަން ހާމަކުރަށްވައި މެމްބަރު މޫސާ ސިރާޖް ވިދާޅުވީ ރިޔާސީ ރޭހުގައި ޑރ. މުއިއްޒުއަށް ތާއިދު ކުރައްވަން އޭނާ ނިންމަވާފައިވާ ކަަަމަށެވެ. އަދި 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލ. އަތޮޅުން އެމްޑީޕީ ކެންޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މި އިންތިހާބުގައި އެކަން ބަދަލު ކުރައްވާނެ ކަަމަށް ސިރާޖް ވިދާޅުވިއެވެ.



މެމްބަރު މޫސާ ސިރާޖް މިއަދާއި ހަމަޔަށް ހުންނެވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައެވެ. އޭނާ އެމްޑީޕީން ވަކިވެވަޑައިގަތީ މިއަދުގެ ވަގުތެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން