އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑު ކުރަށްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ބ. ތުޅާދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

ބ. ތުޅާދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ޕޭހާމަނައިޒޭޝަންގެ ދަށުން ދައުލަތުގެ ހުރިހާ ދާއިރާގެ މުސާރައަށް ހެއު ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ފުލުހުންނާއި، ސިފައިންނާއި، ކަސްޓަމްސް، އިމިގްރޭޝަން އަދި ޖުޑިޝަރީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނާއި ސިވިލް ސާވިސްގައި ހިމެނޭ ހުރިހާ މުވައްޒަފުންނާއި އިމާމުންނާއި މުދިމުންނާއި ކައުންސިލްތަކުގައި މަސައްކަތް ކުރާ ސިވިލް ސާވަންޓުންގެ މުސާރައަށް ހެއު ބަދަލެއް ގެނައުމަަށް ނިންމާފައިވާ ކަމަަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ ދެން މި ފާސްކުރާ ބަޖެޓާއެކީގައި އަންނަ ޖަނަވަރީ މަހުން ފެށިގެން މިހުރިހާ ދާއިރާ އެއްގައި މަސައްކަތް ކުރާ އެންމެންގެ މުސާރައަށް ހެއު ބަދަލެއް ގެނައުން، އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއި ކަސްޓަމްސްއާއި އިމިގްރޭޝަން އާއި ކަރެކްޝަންސް، ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ކައުންސިލްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެއު ރަނގަޅު ބޮޑު ބަދަލެއް މިއަންނަ ޖަނަވަރީން ފެށިގެން އަންނަތަން ތިބޭފުޅުންނަށް ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން