ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑަައިގެންފިނަމަ މުއިއްޒު ނޫނީ ޕީޕީއެމްގެ ރައީސް ޔާމީން އޮންނަވާނީ ފަސް އަހަރު ޖަލުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ބ. ތުޅާދޫގައި މިރޭ ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ އެމަނިކުފާނު ނުވަތަ ރައީސް ޔާމީން އޮންނަވާނީ ފަސްއަަހަރު ޖަލުގައި ކަމަށެވެ. އެ ދެ ބޭފުޅުންގެ ޓްރެކް ރެކޯޑަށް ބެއްލެވުމުން އެކަން އެނގިވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ އެކަމުގެ ތަފްސީލް ފަހުން ހިއްސާ ކުރަށްވާނެ ކަމަށެވެ.

"އަޅުގަނޑަށް ފެންނަނީ [މުއިއްޒު] ވެރިކަމަށް ވަޑައިގެންފިއްޔާ މުއިއްޒު އޮންނާނީ ޖަލުގައި، އެހެން ނޫނީ ޔާމީން އޮންނާނީ ޖަލުގައި. ކޮންމެވެސް އެކަކު ފަސް އަހަރު އޮންނާނީ ޖަލުގައި،" ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލުގެ ހުކުމެއް ތަންފީޒު ކުރެއްވި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން