ވެރިކަން ލިބިވަޑައިގެންފިނަމަ އައްޑޫ ސިޓީގައި 6،000 ޓޫރިސްޓު އެނދު ތަރައްގީ ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެެެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ، ވެރިކަން ލިބިވަޑައިގެންފިނަމަ 6000 ޓޫރިސްޓް އެނދު އައްޑޫ ސިޓީގައި ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލުމަށް ބްރިޖެއް އަޅުއްވާނެ ކަމަށާއި އައްޑޫ ހޮސްޕިޓަލުން ހުރިހާ ހިދުމަތެއް ލިބޭނެ ގޮތަށް އެ ހޮސްޕިޓަލް ތަރައްގީ ކުރަށްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭ ސިޓީގެ މޭޔަރު ކަން ވެސް ކުރަށްވާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގައި 6000 އެނދު ގާއިމުކުރުމުން 10،000 ވަޒީފާ އުފެދިގެން ދާނެ ކަމަށެވެ. އަދި އެ މަޝްރޫއު އެއްކޮށް ނިމޭއިރު އެ ސިޓީގައި ސަރަހައްދީ ސީޕްލޭން ހަބެއް އުފެދިގެން ދިޔުމަކީ އަމާޒެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ކަން ވެސް ކުރެއްވި ޑރ.މުއިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން