އިދިކޮޅު ކެންޑިޑޭޓުންގެ ވިސްނުން ހުރީ ރައްޔިތުން މުށުތެރޭގައި ބައިތިއްބައިގެން ގަދަބާރުން ވެރިކަން ކުރަން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ބ. ތުޅާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ވިސްނުން ހުރީ ރައްޔިތުން މުށުތެރޭގައި ބައިތިއްބައިގެން މަސައްކަތް ކުރުވައިގެން ގަދަބާރުން ވެރިކަން ކުރުމަށް ކަމަށެވެ. ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ 40 ޕަސެންޓަށް އަންނަ ޖަނަވަރީ މަހުން ފެށިގެން ބޮޑުވެގެންދާނެ ކަމަށާއި މިއީ ކުރީގެ ސަރުކާރުތަކުން ކުރަން ވިސްނާފައި އޮތް ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މުސާރަ ބޮޑުކުރުމަކީ މިއިން ޒަމާނަކު ކޮށްފައި އޮތް ކަމެއް ނޫން ކަމަށާއި އެއްވެސް ސަރުކާރަކުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

"މުސާރަތައް ބޮޑުކުރުމަކީ މީގެ ކުރިން ކުރަން ވިސްނާފައި އޮތް ކަމެއް ވެސް ނޫން، ބޭނުންވަނީ ރައްޔިތުން މުށުތެރޭގައި ބައިތިއްބައިގެން ގަދަބާރުން މަސައްކަތް ކުރުވައިގެން ވެރިކަން ކުރުން، އެނޫން ކަމެއް އެއިން ބޭފުޅެއްގެ ވިސްނުމުގަައެއް ނެތް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުގެ އޮތީ އެންމެ އެޖެންޑާއެއް ކަމަށެވެ. އެއީ ރައްޔިތުންގެ ތަރައްގީއަށްޓަކައި މަސައްކަތް ކުރުމާއި ރައްޔިތުންނަށް ހެއު ގޮތް ހޯދައިދިނުން ކަމަށް ރަައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އެންމެ ބޮޑަށް އިހުމާލުވީ މަސްވެރިކަމުގެ ސިނާއަތަށް ކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުން މުޅި މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން