މޫނު ބުރުގާ އަަޅައިގެން ސްކޫލްތަކުގައި ޓީޗަރުންނަށް ކިޔަވައިދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރި އާ އުސޫލުގައި ބުނެފައިވަނީ މޫނުބުރުގާ އެޅި ޓީޗަރުން، ކާކުކަން އަންގައިދޭން އަޅަން ޖެހޭނީ ސްޓާފް ކާޑެއް ކަމަށެވެ. އަދި މޫނު ބުރުގާ ނަގައިގެން ހުންނަން ޖެހޭނީ މޫނު ހާމަކުރަން އެކަށީގެންވާ މާހައުލެއްގައި އުމުރުން 10 އަހަރު ނުވާ ދަރިވަރުންނަށް ކިޔަވައިދޭ އިރުގައި އެެކަނި ކަމަށް އާ އުސޫލުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް އެ ނޫން މާހައުލުތަކުގައި އެފަދަ ކުދިންނަށް ކިޔަވާ ދޭއިރު ވެސް މޫނު ބުރުގާ އެޅިދާނެ ކަމަށް އާ އުސޫލުގައި ވަނީ ބުނެފައެވެ.

ޓީޗަރުންގެ ސުލޫކީ މިންގަނޑަށް އަމަލު ކުރާ އުސޫލު ކުރިން އޮތް ގޮތުން ކިޔަވައިދޭ ވަގުތު ޓީޗަރުން ތިބެން ޖެހެނީ ކާކުކަން އެނގޭ ގޮތަށެވެ. އެހެން ކަމުން މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމަށް ވަނީ ހުރަސް އެޅިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން