ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ހަރުދަނާކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއެކު ފަހި ފުރުސަތެއް އެބައޮތް ކަމަށް ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވެއްޖެއެެވެ.

އިމްރާން މިހެން ވިދާޅުވީ، މޫނު ބުރުގާ އަަޅައިގެން ސްކޫލްތަކުގައި ޓީޗަރުންނަށް ކިޔަވައިދެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއި ގުޅިގެންނެެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރި އާ އުސޫލުގައި ބުނާގޮތުން މޫނުބުރުގާ އެޅި ޓީޗަރުން، ކާކުކަން އަންގައިދޭން އަޅަން ޖެހޭނީ ސްޓާފް ކާޑެވެ. އަދި މޫނު ބުރުގާ ނަގައިގެން ހުންނަން ޖެހޭނީ މޫނު ހާމަކުރަން އެކަށީގެންވާ މާހައުލެއްގައި އުމުރުން 10 އަހަރު ނުވާ ދަރިވަރުންނަށް ކިޔަވައިދޭ އިރުގައި ކަމަށް އެ އުސޫލުގައިވެއެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން މިއަދު ވިދާޅުވީ އެ ބަދަލު ގެނެސްފައިވަނީ އަދާލަތު ޕާޓީން ހުށަހެޅި ގޮތަށް ކަމަށެވެ. އަދި ކުރީ ސަރުކާރުން މުތުލަގަށް މަނާކޮށްފައި އޮއްވާ އެޕާޓީގެ މަސައްކަތުން މި ސަރުކާރުގައި އެ ފުރުސަތު ހުޅުވާލަވައި އަދި އެކަމާމެދު އެރި އޮޅުންވެސް ފިލާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ހަރުދަނާކުރުމަށް ރައީސް އިބޫއާއެކު ފަހި ފުރުސަތެއް އެބައޮތް،" ރައީސް ސާލިޙު ދެވަނަ ދައުރަކަށް ވެރިކަމަށް ގެނައުމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން