ކޮއްކޯފުޅު ފާރިސް މައުމޫން ރިޔާސީ އިންތިހާބުގައި ވާދަކުރަށްވަނިކޮށް، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވަން ނިންމަވައިފިއެެވެ.

ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި މި ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިރޭ ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަކީ މުހިންމު ކަމެއް ކަމަށް އެކަމަނާ ގަބޫލު ކުރައްވާ ކަމަށެވެ. އަދި ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދޭން މި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކާއި މަޝްރޫއުތައް ކުރިއަށް ގެންދިއުން މުހިންމު ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ރައީސް ސޯލިހަށް ތާއިދު ކުރައްވަން ނިންމެވިއިރު އެކަމަނާގެ ކޮއްކޯފުޅު ފާރިސް މައުމޫންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވައެވެ. އަދި ޔުމްނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް މީގެ ކުރިން ވަނީ ރިޔާސީ އިންތިހާބުގައި ތާއިދު ކުރަށްވަނީ ދަރިކަލުން ފާރިޝްއަށް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ފުރިހަމަ ތާއިދު ފާރިޝް އަށް އޮތްކަން ހާމަކުރަށްވާފައެވެ.

ރައީސް މައުމޫނުގެ ހަތަރު ބޭފުޅުން ރާއްޖޭގެ ފިކުރު ތަފާތު ހަތަރު ޕާޓީއެއްގައި ތިއްބެވިއިރު، އެންމެ ހަގު ދަރިކަލުން ގައްސާން މައުމޫން ފެށުނީއްސުރެ ހުންނަވަނީ ބޮޑުބޭބޭފުޅު ރައީސް ޔާމީނާއެކުގައެވެ. އެންމެ ދޮށީ، ދުންޔާ މިހާރު ހުންނެވީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް ނާޒިމުގެ ފަހަތްޕުޅުގައެވެ. ވަޒީރު ކަމުގެ މަގާމަކާއެކު ޔުމްނާ ހުންނަވަނީ ރައީސް ޞާލިހާއެކުގައެވެ. މަންމާފުޅާއި ބައްޕާފުޅާއި އާއިލީ ބޭފުޅުންގެ ފުރިހަމަ ތާއީދާއެކު ފާރިޝް ރިޔާސީ ރޭހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން