ގދ. ގައްދޫ ސިއްހީ މަރުކަޒުން މުއްދަތު ހަމަވެފައިހުރި އައިވީތަކެއް ކުޑަކުދިންތަކެއް ގަޔަށް ގުޅަން އުޅުނުކަމަށް ބުނާ މައްސަލާގައި އެތަނުގެ ހަތަރު މުވައްޒަފަކާއި މެދު ހެލްތު މިނިސްޓްރީން ފިޔަވަޅު އަޅައިފިއެވެ.

ގދ. ގައްދޫ ސިއްހީ މަރުކަޒުން މުއްދަތު ހަމަވެފައިހުރި އައިވީތަކެއް ކުޑަކުދިންތަކެއް ގަޔަށް ގުޅަން އުޅުނުކަމަށް ބުނާ މައްސަލާގައި އެރަށުގެ ސިއްހީ މަރުކަޒަށް ގަދަކަމުން ބަޔަކު ވަދެ މިރޭ ވަނީ ހަމަނުޖެހުން ހިންގާފައެވެ. ހެލްތު މިނިސްޓްރީން ބުނީ ގައްދޫ ސިއްހީ މަރުކަޒުން މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންތަކެއް ގަޔަށް ގުޅަން އުޅުނު މައްސަލަ މިިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި މިމައްސަލަ އިތުރަށް ބަލައި ނިމެންދެން އެކަމުގައި ޝާމިލުވާ ހަތަރު މުވައްޒަފަކު ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށާއި މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ގައްދޫގައި ބަޔަކު މުޒާހަރާ ކޮށްފައިވަނީ މިދިޔަ ޖުލައި މަހަށް މުއްދަތު ހަމަވެފައިހުރި އައިވީ ތަކެއް ކުޑަކުދިންތަކެއްގެ ގަޔަށް އަޅަން އުޅޭ ކަމަށް ބުނެއެވެ.

އެ މައްސަލާގައި ގައްދޫގެ ގިނަ ބަޔަކު ވަނީ ސިއްހީ މަރުކަޒު ކައިރިއަށް އެއްވެ އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން