ރޯދަ މަހުގެ ފަހު ދިހައިގައި ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާނެ އުސޫލެއް ކަނޑައެޅުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ 'ހެޔޮވެރިކަން' ސިޔާސަތު މިރޭ ވަނީ އިފްތިތާހްކޮށްފައެވެ. އެ ސިޔާސަތު ހާމަކުރީ ބ. ދަރަވަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެެ.

އެ ސިޔާސަތުގައި ހިމެނޭ "ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުން" ބައިގައި ބުނެފައިވަނީ ރޯދަ މަހުގެ ފަހު 10 ދުވަހަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަޝްއޫލުވެގެން އުޅޭ ދުވަސްވަރުކަމަށްވާތީ އާއި މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި، މި ދުވަސްތަކުގައި ސަރުކާރުގެ މުވައްޒަފުން 'ވޯކް ފްރޮމް ހޯމް' މޮޑަލިޓީއިން މަސައްކަތްކުރާ ގޮތަށް ކަނޑައަޅާނެ ކަމަށެވެ.

އަދި މަސައްކަތުގެ ބާވަތުންނާއި، މެދުވެރިވާ ހާއްސަ ހާލަތްތަކުގެ ސަބަބުން، އާންމު އުސޫލުން މަސައްކަތަށް ހާޒިރުވުމަކާނުލާ ފްލެކްސިބަލް އަދި ރިމޯޓް ވޯރކިންގްގެ އުސޫލުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރެވޭނޭ ގޮތް ހަމަޖައްސައިދިނުމަށް ކަމާބެހޭ ގާނޫނުތަކަށް އިސްލާހު ގެންނަން އެމްޑީޕީގެ މެނިފެސްޓޯގައި ކަނޑައަޅާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން