މަސްތުވާތަކެތީގެ މުއާމަލާތުކުރުމުގެ ކުށުގައި ގދ. ތިނަދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ތިނަދޫ ކޯޓުގެ ކުރީގެ ގާޒީ އިބްރާހިމް ރަޝީދު، 46، ގެ މައްޗަށް ޑައިމޯފިންއިން މުއާމަލާތް ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ މެއި 28، 2016 ވަނަ ދުވަހު މެންދަމު ގދ. ތިނަދޫގައި، އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އޭނާ ހުރި ތަނަށް ގޮސް އޭނާ ހުއްޓުވަން އުޅެނިކޮށް އޭނާ އެއްލާލި ކަމަށް ބުނާ ރަބަރު ޕެކެޓަކުން 0.0123 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައެއްގަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ފުލުހުން ދިޔުމުން އިބްރާހިމް ރަޝީދު "ސިއްސައިގެންދާ ކަހަލަ ގޮަތަކަށްވެ،" އަތުގައި އޮތް ޕެކެޓު މަގުމައްޗަށް އެއްލާލި މަންޒަރު ފެނުނު ކަމަަށް ބުނެ އެ ސީނަށް ދިޔަ ފުލުހުން ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވާ ކަމަށެވެ. އަދި އެ މީހުންގެ ހެކިބަހުން އެ ޕެެކެޓު އޮތީ އޭނާގެ އަތުގައިކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވެއެެވެ.

އޭގެ އިތުރުން، އޭނާގެ އަމަލުތައް ހުރި ގޮތުން ޕެކެޓުގައި ހުރީ މަސްތުވާތަކެތިކަން އޭނާއަށް އެނގޭކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމްގައި ވަނީ ބުނެފައެވެ.

ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމުން އިބްރާހިމް ރަޝީދު ވަނީ އެންމެ ލުއި އަދަބެއް ކަނޑައަޅައިދިނުމަށް އަދި ޑްރަގް ކޯޓުން ފަރުވާއަށް ފޮނުވާ ގޮތަށް ހުކުމް ކުރުމަށް ކޯޓުގައި އެދިފައެވެ.

އެހެންނަމަވެސް، ހަތަރު ގްރާމަށް ވުރެ މަދުން ޑައިމޯފިން ފެންނަ މައްސަލަތަކުގައި ފަރުވާއަށް ފޮނުވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކަމަށް ބުނެ އަމިއްލައަށް އިއުތިރާފުވުމުންނެވެ. މި މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި އޭނާ އިއުތިރާފުވެފައެއް ނުވެއެވެ. އެހެންކަމުން ކޯޓުން ވަނީ އެމައްސަލައިގައި އިބްރާހިމް ރަޝީދު 15 އަހަރަށް ޖަލަށް ލުމަށާއި 15000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން