މިއަހަރުގެ ރިޔާސީ އިންތިހާބު ވެގެންދާނީ އެންމެ ބޮޑު ތަފާތަކުން އެއްބުރުން ނިމޭނެ އިންތިހާބަކަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރ. އަތޮޅު މީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބަކީ އެންމެ ބޮޑު ތަފާތަކުން އެއްބުރުން ނިމިގެންދާނެ ރިޔާސީ އިންތިހާބަށް ވެގެންދާނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ އިތުބާރު މިއަދުގެ ސަރުކާރަށް އެބައޮތް ކަމަށާއި، ވޭތުވެ ދިޔަ ތަނުގައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ރައްޔިތުން މިއަދު ބަލައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އަތޮޅުތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކުން ރައްޔިތުން ސަރުކާރާއެކު އުފާވެރި އަމާން ރާއްޖެއަށް ދާން ތައްޔާރަށް ތިބިކަން ހާމަވަމުންދާ ކަމަށެވެ.



"މިއީ އެންމެ ބޮޑު ތަފާތަކުން އެއްބުރުން ނިމިގެންދާނެ އިންތިހާބަކަށް ވެގެންދާނެ، ރައްޔިތުންގެ އިތުބާރު އަޅުގަނޑުމެންނަށް އެބައޮތް،" ރައީސް ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މީދޫއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. ރައީސް ވިދާޅުވީ މީދޫގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލް އިމާރާތެއް އަޅުއްވާނެ ކަމަށާއި އެމަސައްކަތް މިހާރު ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. މީދޫ ބަނދަރު ބޮޑުކުރުމަށް ރައްޔިތުން އެދިފައިވާތީ އެކަން ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.

ރައީސް ވަނީ، ރަށް ހިއްކެން އޮތް މިންވަރަކަށް ހިއްކައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމަށް ވެސް ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން ރަށުގެ ބާކީ ހުރި މަގުތަކުގައި ތާރު އަޅައިގެން ހަދައިދިނުމާއި ބޮޑު މިސްކިތެއް ހެދުމަށާއި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރަން އާ އިންޖީނުގެ އަޅައި، ކަރަންޓު ނެޓްވޯކް ބަދަލުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.އަދި ޒުވާނުން ބޭނުންވާ ވޮލީ ކޯޓާއި ފުޓްބޯޅަ ދަނޑުގެ ރޮސްޓްރޮމް އަޅައި ކޮމިއުނިޓީ ސެންޓަރެއް ހަދައިދެއްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން