އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައެއް ނޯންނާނެކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޑރ. ވަހީދު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕެއިނަށް އެމަނިކުފާނު އަރިހުގައި ނ. ހެނބަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަޙީދު ވިދާޅުވީ ރާއްޖޭގެ ސަރުކާރުގެ ވެރިންނަކީ ރައްޔިތުންކަމަށާއި، އެއީ މަގާމަށް އައްޔަންކުރާ ސިޔާސި ބައެއްގެ އެއްޗެއް ނޫންކަމަށެވެ.

ވަހީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މީހުންނަށް ވެރިކަން ދިނުމުން އެވަރުގެ ބައެއް ނެތްކަމަށް ހެދިގެން، ބޮޑުކަން ދައްކާކަމަށެވެ.

"ވެރިކަންދިނީމައި ދެން މިވަރުގެ ބޮޑު ބަޔަކު ނޫޅެ. މިވަރުގެ ކިބުުވެރި ބަޔަކު ނޫޅެ. ހިތު ހުރިގޮތަކަށް ތަންތަން ވިއްކާފައި ލާރިތައް އަޅަނީ ޖީބަށް. ބަޖެޓު ފައިސާވެސް ބަހާލަނީ،" ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ އޭނާގެ ވެރިކަމުގައި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައެއް ނޯންނާނެކަމަށެވެ. އަދި އެފަދަ ކަމެއް ކުރެއްވިނަމަ އޮންނާނީ ޖަލުގައިކަމަށްވެސް ޑރ. ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދުގެ ވާހަކަފުޅުގައި، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައެޅި މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތަށް ވަނީ ފާޑު ވިދާޅުވެފައެވެ. މީގެއިތުރުން ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ނުރައްކާ ކުރިމަތިވެފައިވާކަންވެސް އެމަނިިކުފާނު ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން