ކުރީ ސަރުކާރުން ހުޅުމާލެއިންނާއި ފުށިދިއްގަރު ފަޅުން، ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ލިއުން ހަވާލުކޮށްފައިވާ ފަރާތްތަކުން އެ ލިއުން މިނިސްޓްރީއަށް ހުށަހެޅުމަށް ހައުސިންގް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އަންގައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ލިއުންތައް ހުށަހަޅަން ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ 14:00 ނިޔަލަށް ކަމަށެވެ. އަދި އެ ފަރާތްތަކަށް ލިއުން ލިބިފައިވާ ގޮތާއި، ލިބުނު ތަނުގެ ތަފްސީލު ލިއުމާއި ސިޓީއަކާއިއެކު ހުށަހެޅުމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި އޭގެ ބޭނުމަކީ އެކަން ހިނގާފައިވާ ގޮތް މިނިސްޓްރީން ސާފު ކުރުމާއި، ލިއުން ހަވާލުކޮށްފައިވާ މީހުންގެ އަދަދު ދެނެގަނެ، އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކަމަށް ހައުސިންގް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

"ހިޔާ އެކޮމްޕްލިޝްޑް" ޕްރޮގްރާމުގެ ނަމުގައި ކުރީގެ ސަރުކާރުން ފުށިދިއްގަރު ފަޅުން ގޯއްޗާއި، ހުޅުމާލެއިން ގޯތި ދިނުމަށް ލިއުންތަކެއް ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނު ވިދާޅުވީ އެފަދަ އެއްވެސް ލިއުމެއް އެއްވެސް ފަރާތަކަށް ދޫކުރި ކަމުގެ ރެކޯޑެއް މިނިސްޓްރީގެ ތެރޭގައި ފެންނަން ނެތް ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ގޯތި ދިން މީހުންނަށް ގޮތްތަކެއް ހަމަޖައްސާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން