ފަތުރުވެރިކަންް ކުރިއެރުވުމުގައި އިސްކޮށް ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްކަމަށް އެމަނިިކުފާނުގެ އިންތިހާބީ އޭޖެންޓް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ނ. ހެނބަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަލީ ވަހީދު ވިދާޅުވީ ގާސިމް އިބްރާހީމް ހިއްސާވެވަޑައިގެން މުޅި ދުނިޔެ ދަންނަ ބްރޭންޑެއްގެ ގޮތުގައި "މޯލްޑިވްސް" ތައާރަފްކުރައްވައި، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަންޒިލަށް ރާއްޖެ ހެއްދެވީ އެކަން ނުވާނެކަމަށް ބުނަމުންދަނިކޮށްކަމަށެވެ.

އަލީ ވިދާޅުވީ ގާސިމް އިބްރާހިމަކީ ބްރޭންޑެއް ކަމަށާއި އެ ބްރޭންޑާއި އެއްކޮށް ފެންނަނީ އޯގާތެރިކަމާއި ދިވެހި ރައްޔިތުންދެކެވާ ލޯތްބާއި ހިދުމަތުން ފުރިގެންވާ ލާމަސީލު ނަމޫނާއެއްކަަމަށެވެ.

"އެފަދަ ބޭފުޅަކަށް ޝުކުރު އަދާކޮށްލަން ކުރެވޭނެ ކަމަކީ ސިއްރު ކަރުދާހުގައި ޖަހާލާ ވޯޓު. ރައްޔިތުންނަށް ލިބޭ ޔަގީންކަމަކީ މިއީ ކަމަށް ގާބިލު ބޭފުޅެއްކަން." އަލީ ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ގާސިމްގެ ވެރިކަމެއްގައި ފަތުރުވެރިކަމުގައި ރާއްޖެ އިތުރު ކުރިއެރުންތަކެއް ހޯއްދަވާނޭކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމެއްގައި މުޅި ރާއްޖޭގެ ސަރަހައްދުގައި 35،000 ޓޫރިސްޓް އެނދު އިތުރުކުރުމާއި، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 4 މިލިއަނަށް އިތުރުކުރުން ހިމެނޭކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އެއާއެކު ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ 4 ބިލިއަން ޑޮލަރުން 7 ބިލިއަން ޑޮލަރަށް އިތުރުވެގެންދާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން