އިންޑިއާއިން ހަނދަށް ދިއުމަކީ ރާއްޖެވެސް ފަހުރުވެރިވާކަމެއްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ އިންޑިއާއިން ހަނދަށް ދިއުން ފާހަގަކޮށް، އެކަމަށް ތަހުނިޔާ ވިދާޅުވެ، ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ސާލިހުގެ ޓްވީޓްގައި ވިދާޅުވީ އިންޑިއާއިން ހަނދަށް ދިއުމަކީ އެކަމުގެ ސަބަބުން އިންސާނީ ކުރިއެރުމާއި ސައިންޓިފިކް ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަމަށެވެ. އަދި އެ ކާމިޔާބީއަށް އިންޑިއާގެ ބޮޑުވަޒީރަށް ރައީސް ޞޯލިހު ވަނީ މަރުހަބާ ދަންނަވާފައެވެ.



އިންޑިއާއިން ހަނދަށް ފޮނުވި ޗަންދްރަޔާން-3 މީގެ ކުރިން ދިރާސާތައް ކޮށްފައިނުވާ، ހަނދުގެ ދެކުނު ތަނޑިއަށް ޖައްވީ އުޅަނދު ތިރިކުރީ ރާއްޖޭ ގަޑިން ހަވީރު 5:34 ގައެވެ.

މިއާއެކު އިންޑިއާއަށް ވަނީ ރަޝިޔާ، އެމެރިކާ އަދި ޗައިނާއަށް ފަހު ހަނދަށް އުޅަނދެއް ފޮނުވި ގައުމުގެ ޝަރަފް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން