އަހުމަދު މަސްނޫމް   24 އޯގަސްޓު 2023 - 2:32
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ވަރަށް ޚާއްސަ ކެމްޕެއިން އިވެންޓެއް މާދަމާ މާލޭގައި އޮންނާނެކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުނީ މި އިވެންޓް އޮންނަނީ ސޯޝަލް ސެންޓަރުގައި ބުރާސްފަތި ދުވަހުގެރޭ 8:00 ގައިކަމަށެވެ.

މި ޙަރަކާތަކީ އެމް.ޑީ.ޕީއިން އާއްމުކޮށް ބާއްވާ ޖަލްސާތަކާއި އެހެނިހެން ސިޔާސީ ހަރަކާތްތަކާއި މުޅިން ތަފާތު، އާ ކޮންސެޕްޓަކަށް ބާއްވާ އިވެންޓެއްކަމަށް އެމްޑީޕީން ބުނެއެވެ.

އެމް.ޑީ.ޕީއަކީ ހަރުގެ ބައްދަލުވުންތަކާއި، ކަންމަތީ ބައްދަލުވުންތަކާއި، ކެމްޕޭން ޖަގަހަތަކާއި، މިނޫންވެސް ކެމްޕެއިން ކުރުމުގެ ތަފާތު ހަރަކާތްތައް ރާއްޖެއަށް ތަޢާރަފްކުރި ޕާޓީއެވެ.

މާދަމާ ރޭ ބާއްވާ މި ޙަރަކާތަކީވެސް ރާއްޖޭގެ ސިޔާސީ ހަރަކާތްތަކަށް އެމްޑީޕީއިން އަލަށް ތަޢާރަފްކުރާ ކަންތަކުގެ ލިސްޓަށް އިތުރު ވެގެންދާނެ ނަމްބަރެއްކަމަށް އެމްޑީޕީން ބުނެއެވެ.



ބުރާސްފަތި ދުވަހުގެ ރޭ އޮންނަ މި އިވެންޓްގައި އެމްޑީޕީއިން ކުރިއަށް އޮތް 5 އަހަރަށް ހުށަހަޅާ މެނިފެސްޓޯގެ ފަހު ބައިކަމަށްވާ އިޤްތިޞާދީ މެނިފެސްޓޯ ހުށަހެޅުން އޮންނާނެއެވެ. އަދި މި އިވެންޓްގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޙަރަކާތްތައް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި އެމަނިކުފާނުގެ ރަނިންގމޭޓް މުޙައްމަދު އަސްލަމް އަދި ޕާޓީގެ ކެމްޕެއިން ޓީމްތައް ހިމެނޭހެން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން