އަންނަ ދައުރުގައި އަމާޒަކީ މަސައްކަތްތެރިންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހެދުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެެވެ.

ރ. އިންނަމާދޫގައި މިއަދު ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ، އިންވެސްޓްމަންޓް ފެށުމަށް ފައިސާ ހޯދުމުގެ ދަތިކަން ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދައުރުގެ އެއް އަމާޒަކީ މަސައްކަތްތެރިންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ އެކި ސްކީމްތަކުގެ ތެރޭގައި ވެސް އެ މީހުންނަށް ބައިވެރިވެވި، ފަސޭހައިން މާލީ އެހީ ލިބޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.

މީގެ އިތުރުން މި ޖަލްސާގައި ރައީސް ވަނީ އިންނަމާދޫ އަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ފައިބަރު މަސައްކަތް ކުރަން އިންނަމާދޫ ކައިރީގައި އޮންނަ ވަންދޫ އިން ބިން ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ވަންދޫގައި ފައިބަރު މަސައްކަތް ކުރެވޭނެ ރަނގަޅު ގޮތެއް ހައްދަވައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިންނަމާދޫ ސްކޫލަށް ބޭނުންވާ އޮފީސް އިމާރާތާއި އިތުރު ފެސިލިޓީސް ގާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި ޒުވާނުން ކުޅިވަރު ކުޅޭނެ ޔޫތު ސެންޓަރަކާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އެ ރަށުގައި ރޯހައުސް ނޫނީ ފްލެޓު އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން