ރައްޔިތުންގެ ބައިވެރިވުމާއެކު ކުރެވުނު ހެޔޮ ވެރިކަމެއް ފެނިއްޖެކަމަށް އެމްޑީޕީގެ ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަލީ ނިޔާ މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްގެންދާ ދަނޑިވަޅެއްގައެވެ.

އަލީ ނިޔާޒު ވިދާޅުވީ‏ މަޝްވަރާގެ އުސޫލުން ފުރުސަތު ދެވިގެން، ކައުންސިލްތައް ބޭނުންވާގޮތަށް މަޝްރޫޢުތައް ހިންގިގެންދިޔަ މަންޒަރު މިދިޔަ 5 އަހަރު ތެރޭ ފެނިއްޖެކަމަށެވެ.



ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު އަލީ ނިޔާ ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުމާއެކު ކުރެވުނު ހެޔޮ ވެރިކަމެއް ފެނިއްޖެކަމަށާއި އަނެއްކާވެސް މިސްރާބުޖަހަންވީ ހަމަ އެގޮތުގައި ކުރިއަށްދާންަކަމަށެވެ.

ރައީސް ސާލިހުގެ މި ދައުރުގެ ތެރޭގައި ވަނީ ލޯކަލް ކައުންސިލްތަކަށް މީގެކުރިން ދީފައިނުވާ ގިނަ ބާރުތަކެއް ދީފައެވެ. އެގޮތުން ކައުންސިލުތަކަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތަކާއި ވަސީލަތްތައް ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން