ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ފުނަދޫ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢު މޯލްޓިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރީ މިއަހަރުގެ ޖެނުއަރީމަހުގެ 26 ވަނަ ދުވަހުއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަންގާރަދުވަހުކަމަށެވެ.



މި މަޝްރޫޢުގެ ދަށުން އެރަށުގައި 12145 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 670 ކިއުބިކް މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ނިންމާފައެވެ.

މީގެއިތުރުން 7800 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދަކަށް ވެލިއަޅާ، އެވެލިގަނޑު ޙިމާޔަތްކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ކައިރިން 60 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.

މިއީ ދައުލަތުގެ ބަޖެޓުން 18.56 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން