ޤައުމު އިސްލާހުކުރުމުގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށާއި، ރައްޔިތުންނަށްޓަކައި ފުރާނަ ދުއްވާލަންވެސް ތައްޔާރަށް ހުންނެވިކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެއަތޮޅު ހޮޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެން މަސައްކަތްކުރައްވަނީ ގައުމާއި ރައްޔިތުންނަށް ފާގަތި މުސްތަގްބަލެއް ހޯއްދަވައިދެއްވުމަށް ކަމަށެވެ. އަދި އެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށާއި ރައްޔިތުންނަށް އަމާން އޮމާން މުސްތަގުބަލެއް ގެނެސްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ފުރާނަ ދުއްވާލަންވެސް ހުންނެވީ ތައްޔާރަށްކަމަށް ގާސިމް ވިދާޅުވިއެވެ.

"ރައްޔިތުންނަށް އަމާން އޮމާން މުސްތަގުބަލެއް ގެނެސްދޭން ފުރާނަ ދުއްވާލަންވެސް މިހުރީ ތައްޔާރަށް. ފަހަތަކަށް ނުޖެއްސޭނެ،" ގާސިމް ވިދާޅުވިއެވެ.



ގާސިމްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ފާޅުގައި އިސްލާމީ އަސްލާއި އުސޫލުތައް ތަންފީޒު ކުރުމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކުރަށްވާފައެވެ. އަދި ސަރުކާރު އެކުލަވާލަން ގާއިމްކުރި ކޯލިޝަން އެއްބަސްވުމާއި ތަކުރާރުކޮށް މި ސަރުކާރުން ހިލާފުވެފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތަކުގެ އެއްބައި ނިންމާފައި، އަނެއްބައި ފުރިހަމަ ކޮށްދެވޭނީ ދެވަނަ ދައުރެއް ދިނުމުންކަމަށް ބުނުމަކީ ބްލެކްމެއިލް ކުރުންކަމަށް ސިފަ ކުރައްވާފައެވެ.

ގާސިމް ވިދާޅުވީ ރައްޔިތުން އެދޭ ބަދަލުތައް ގެނެސް، އުފާފާގަތި މާދަމާއެއް ހޯދުމަށް އެމަނިކުފާނުގެ ކިބައިގައި ހިތްވަރާއި ފަންވަރު އެބަހުރިކަމަށެވެ. އަދި އެމަނިކުފާނުގެ އުއްމީދަކީ އެކަންކަން ރައްޔިތުންނަށް ހާސިލުކޮށްދިނުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން