މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ނޮދަން އޭރިއާ ހެޑްކުއާޓާޒް ހދ. ހަނިމާދޫއަށް ބަދަލުކުރަން ނިންމައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ނޮދަން އޭރިއާ ހެޑްކުއާޓާޒް މިހާރު ހުންނަނީ ޅ. މާފިލާފުށީގައެވެ. އެ ރަށުގައި އެ މަރުކަޒު ޤާއިމްކުރީ 2009 ވަނަ އަހަރުއެވެ.

އެމްއެންޑީއެފުން ބުނީ ނޮދަން އޭރިއާ ހެޑްކުއާޓަރު ހދ. ހަނިމާދޫއަށް ބަދަލުކުރަން ނިންމާފައިވަނީ އުތުރުގެ ގިނަ ރަށްތަކާއި މިހާރުގެ ހެޑްކުއާޓާޒް ދުރުވުމުން ކަމަށެ. އަދި އެއީ ކުރިން ނިންމާފައި އޮތް ނިންމުމެއްކަމަށާއި އެކަން ލަސްވެގެންދިޔައީ އެކަމަށް ބޭނުންވާ އިންތިޒާމުތައް ހަމަނުޖެހިގެންކަމަށެވެ.

އެމްއެންޑީއެފުން ބުނީ ނޮދަން އޭރިއާ ހެޑްކުއާޓަރު ބަދަލުކުރާ ތާރީހު ވަރަށް އަވަހަށް އިއުލާނު ކުރާނެކަމަށެވެ. އަދި އެކަން ފާހަގަކުރުމަށް ހއ. އަދި ހދ. ގެ ބައެއް ރަށްރަށުގައި އެމްއެންޑީއެފްގެ ޕެރޭޑް ބޭއްވުމަށް ނިންމާފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެ ޕެރޭޑް އޮންނާނީ ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، ހއ. ދިއްދޫ، ހއ. އިހަވަންދޫ އަދި ހދ. ނޮޅިވަރަންފަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން