ބާއްވާ ގުޅުމެއްގެ ސަބަބުން ބައެއްގެ ދަށުވެގެން ނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ހަސަން މުގްނީ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ލ. އަަތޮޅުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުގްނީ ވިދާޅުވީ ރާއްޖޭގައި އިސްލާހުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށާއި، އަންހެނުންނާއި ޒުވާނުންނަށް ހުރި ފުރުސަތުތައް އިތުރުކުރަންޖެހޭކަމަށެވެ. އަދި އުމުރުން ދޮށީ މީހުންނަށްވެސް މިއަދަށްވުރެ ފާގަތި ދުވަހެއް ފެންނަންޖެހޭކަމަށްވެސް މުގްނީ ވިދާޅުވިއެވެ.

"މިކަންކަން ކުރާނެ ގޮތް އަޅުގަނޑުމެންގެ މެނިފެސްޓޯގައި ވަނީ ލިޔެފައި. މިއީ އަޅުގަނޑުމެން ކުރާނެ ކަންކަން. މިއީ ހުސް ވައުދުވާ ޕާޓީއެއް ނޫން" މުގްނީ ވިދާޅުވިއެވެ.



މުގްނީ ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަކީ ޤައުމުގެ ކަންކަން ކުރުމުގައި ނަތީޖާ ނެރެދެއްވާފައިވާ ބޭފުޅެއްކަމަށާއި، އެ މަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގައި ހުރި މައްސަލަތަކަށް ޖުމްލަ ހައްލެއް ގެނެސްދެއްވާނެކަމަށެވެ.

މުގްނީ ވިދާޅުވީ ބައެއް ޤައުމުތަކުން ތިބީ ރާއްޖެއަށް ލޯ އަޅައިގެންކަމަށާއި، އެ މީޙުން އެ ތިބީ ރާއްޖެއަށް ދަހިވެތިވެގެންކަމަށެވެ. އަދި ލޯނާއި އެހެނިހެން ކަންކަމާއެކު ރާއްޖެ އަޅުވެތިކުރެވޭނެ ގޮތެއް އެ ޤައުމުތަކުން ހޯދަމުންދާކަމަށްވެސް މުގްނީ ވިދާޅުވިއެވެ.

މުގްނީ ވިދާޅުވީ ބޭރު ޤައުމުތަކުގައި އޮންނަ ގުޅުންތަކަކީ ޑިޕްލޮމެޓިކް ގުޅުންތަކަކަށް ހަދަންޖެހޭކަމަށެވެ. އަދި އެ ގުޅުން ބާއްވާ ޤައުމުން ރާއްޖެއަށް ބަސްބުނާ، ރާއްޖޭގެ ދާހިލީ ކަންކަމާއިބެހޭ ޖާގަ ދީގެން ނުވާނެކަމަށްވެސް މުގްނީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން