ކުރިއަށް އޮތް ރިޔާސީ ދައުރަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނަން ނިންމާފައިވާ އިގްތިސާދީ ސިޔާސަތުކަމަށްވާ، "އިގްތިސާދީ ބޮޑު ބަދަލު" ލޯންޗުކޮށްފިއެވެ.

މި ސިޔާސަތު ލޯންޗުކުރީ ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.

މި ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ އިސްވެރިންނާއި އެމްޑީޕީއާއި ރައީސް ސާލިހަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވިއެވެ.



އިގްތިސާދީ ބޮޑު ބަދަލު ސިޔާސަތުގައި ހިމެނެނީ ބާރުވެރި އިގްތިސާދު،

އިގްތިސާދީ ހަރަކާތްތަކުގައި އެންމެންގެ ބައިވެރިވުން، އެކާވީސް ވަނަ ގަރުނަށް މާލީ ދާއިރާ އަދި ވިލުންތެރި އިގްތިސާދެވެ.

އެ ދާއިރާތަކުގެ ދަށުން ތަފާތު އެކި ކަންކަން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން