އަނިޔާވެރިކަން މާޒީއަށް ގެންގޮސް, އުފާވެރިކަމާއި އަމާންކަން ރާއްޖެއަށް ގެނެވިއްޖެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީން ހުށަހަޅާ އިގްތިޞާދީ ސިޔާސަތު ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގިނަ ރަށްތަކަކަށް ވަޑައިގެންނެވިއްޖެކަމަށެވެ. އަދި ކޮންމެ އަތޮޅަކުން، ކޮންމެ ރަށަކުން ފެންނަނީ އެއް މަންޒަރެއްކަމަށާއި އެއީ އެނބުރި އަނިޔާވެރިކަމަށް ދާކަށް އެއްވެސް މީހަކު ބޭނުންނުވާ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ.

"ބޭނުންވަނީ އުފާވެރި އަމާން ރާއްޖެއަށް ދާން އަޅުގަނޑުމެން ފަށާފައިވާ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ފެނުނީ ވެރިކަމެއް ކޮށްފާނެހެން ހީޥާ މީހަކު ގެންގޮސް ޖަލަށްލާ މަންޒަރުކަމަށެވެ.

"ބައްޕައާ ދަރިފުޅު. ކާފައާ ދަރިފުޅު. ދެމަފިރިން" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މިއަދު ސިޔާސީ މިނިވަންކަން އޮތް މިންވަރު ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވީ މި އަހަރު ފެންނަނީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މީހުން ރިޔާސީ އިންތިހާބުގައި ކުރިމަތިލީ މަންޒަރުކަމަށެވެ.

‏‎ރައީސް ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވެރިކަމަށް އޮތް ހުރަހެއް ނޫންކަމަށާއި އެކަން އެމްޑިޕީން ދައްކައިދީފިކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން