ރާއްޖޭގައި ވެރިކަން ކުރުމަށް އެންމެ ފައްކާވެފައި އޮތް ޕާޓީއަކީ އެމްޑީޕީކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އެމްޑީޕީން ހުށަހަޅާ އިގްތިޞާދީ ސިޔާސަތު ލޯންޗުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ‏ ރާއްޖޭގެ އިގްތިސާދު އެކަމަކަށް އެންމެ ބަރޯސާވާ ކަމަކީ ޓޫރިޒަމްކަމަށާއި ޓޫރިޒަމް ކުރި ނާރުވާ ރާއްޖޭގެ އިގްތިސާދު ދެގުނަ, ތިންގުނަ ކުރެވޭނީ އިންވެސްޓްތަކެއް ކޮށްގެންކަމަށެވެ.

ރައީސް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުން 7 މިލިއަން ޓޫރިސްޓުންނަށް ޚިދުމަތް ދެވޭނެކަމަށާއި ގަމާއި ހަނިމާދޫ އެއްކޮށްލީމަ 3 މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2028 އަންނައިރު ރާއްޖެ އަންނަ ޓޫރިސްޓުން 3 މިލިއަން ހުރަސްކޮށް, 5 މިލިއަން ހަމަކުރުންކަމަށެވެ.

ރައީސް ވިދާޅުވީ ގެންނަ ކުރިއެރުންތަކާއެކު ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލެއް އަންނަ ތަން ފެނިގެން ދާނެކަމަށެވެ. އަދި ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެިރކަން ވީހާވެސް ލުއި ގޮތަކަށް ލިބޭނެގޮތަށް ބޭންކްތަކުން އެކަން ހަމަޖައްސައިދޭނެކަމަށްވެސް ރައިސް ވިދާޅުވިއެވެ.

"މީ އިގްތިސާދު ދެގުނަ ކުރެވޭނެ ގޮތަކީ" ރައީސް ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ ‎2028 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އިގްތިސާދު 170 ބިލިއަން ޑޮލަރު ފަހަނަ އަޅާ ގޮސް ދައުލަތަށް ލިބޭ އާމްދަނީ 50 ބިލިއަނަށް އަރާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

"އެހެންވެ މި ދަންނަވަނީ ރާއްޖޭގައި ވެރިކަން ކުރުމަށް އެންމެ ފައްކާވެފައި އޮތް ޕާޓީއަކީ އެމްޑީޕީ" ރައިސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލޯނު ނަގައިގެން އުޅެނީ ލޯނު ދެއްކޭނެ ކަމުގެ ޔަގީންކަން އޮތީމަކަމަށެވެ. އަދި އެ ނިންމެވުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މިއަދު ކޮޅަށް ޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން