ބައެއް ބޭފުޅުން އިންތިހާބުގައި ވާދަކުރަނީ އަމިއްލަ ފައިދާއަށްކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރާނީ އެއް ބުރުންކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

‏އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ އިގްތިޞާދީ ސިޔާސަތު ހާމަކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް މި ގެނެވުނު ބަދަލާ އެކީގައި ކޮންމެ ރަށެއް ތަފާތު ކުރުމެއް ނެތި ތަރައްްގީގެ ބަދަލު އަންނަ މަންޒަރު ފެންނަން ފަށާފައިވާކަމަށެވެ.

"މިކަމެއް ހުއްޓޭކަށް އަޅުގަނޑުމެން ނޭދެން" ރާއްޖެއަށް އަންނަމުންދާ ތަރައްގީއަށް އަލިއަޅުއްވަމުން ރައީސް ވިދާޅުވިއެވެ.

‏‎

ރައީސް ވިދާޅުވީ.ކުރިއަށް އޮތީ 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުކަމަށާއި އެއީ ރައްޔިތުން އަނެއްކާވެސް ގޮތެއް ނިންމަން ނުކުންނަ ފަހަރެއްކަމަށެވެ. އަދި އަޅުގަނޑުމެން ކޮންމެ މީހެއްގެ ވޯޓަކީވެސް މުހިންމު ވޯޓެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"ބައެއް ބޭފުޅުން ކުރިމަތިލައިގެން އުޅޭނީ އަމިއްލަ ފައިދާއަށް. ކޮންމެވެސް ގޮތެއް ހަދައިގެން ދެވަނަ ބުރަކަށް ގޮސް ކޯލިޝަން ހަދައިގެން ލިބޭނެ އެއްޗެއް ބަލަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމިއްލަ އެދުމަށް އުޅޭ ބަޔަކަށް ފުރުޞަތު ދީގެން ނުވާނެކަމަށެވެ. އަދި އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރާނީ އެއް ބުރުންކަމަށް ވިދާޅުވާ ވިދާޅުވުން މިރޭގެ ޖަލްސާގައިވެސް ރައީސް ސާލިހު ވަނީ ތަކުރާރުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން