ގައުމު ދަރުވާނުލާ، އިގްތިޞާދު ވަރުގަދަކޮށް، ސަރުކާރުން ކުރިއެރުންތަކެއް ހޯދާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ‏ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

‏ފައްޔާޒު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ހުށަހަޅާ އިގްތިސާދީ ސިޔާސަތު ލޯންޗުކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

‏ފައްޔާޒު ވިދާޅުވީ މެނިފެސްޓޯގެ އިގްތިސާދީ ސިޔާސަތުތަކަކީ މިދިޔަ 20 އަހަރެއްހާ ދުވަހު މަގުމަތީގައި ރައްޔިތުންނާއެކު އުޅެ ވާހަކަދައްކައި, އަދި ސަރުކާރުގެ 5 އަހަރުން ކުރި ތަޖުރިބާއާ މެދު ވިސްނައިގެން އެކުލަވާލި ސިޔާސަތުތަކެއް ކަމަށެވެ.

‏‎"ތިބޭފުޅުން ވިސްނާލައްވާ މިހާރު ކުރެވިފައި ހުރި ކަންތައްތަކާ، މިއަދު މިތަނަށް އައިސް މި ތިބި ތިބުމަށް ކުރި ދަތުރާ މެދު ތިބޭފުޅުން ވިސްނާލަން ޖެހޭ‏‎. މިދިޔަ ފަސް އަހަރު ކުރަން ޖެހުނު ކަމަކީ ބަޔަކު ހާވާފަ ހުރި ހަޑި ސާފުކޮށް 21 ވަނަ ގަރުނަށް ރާއްޖެ ގެނައުން،" ފައުްޔާޒު ވިދާޅުވިއެވެ.

‏ފައްޔާޒު ވިދާޅުވީ ‏ބައެއް ބޭފުޅުން ދަރާ ވާހަކަ ދައްކާއިރު ނުދަރާ ގައުމު ހިންގާނެ ގޮތް އެއްވެސް ބޭފުޅަކަށް ވިދާޅުނުވެވޭކަމަށެވެ. ނަމަވެސް މި ސަރުކާރުން އިގްތިސާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ‏ފައްޔާޒު ވިދާޅުވިއެވެ.

"ނުދަރާ އަދިވެސް, ކޮވިޑް ވެސް އައިސް ދިޔައީ. އަޅުގަނޑުމެން ނުދަރާ, އަދި ކުރިއަށް ވުރެ މާ ވަރުގަދަ އިގްތިސާދަކަށް އަޅުގަނޑުމެން މިވަނީ ބަދަލުވެފައި،" ‏ފައްޔާޒު ވިދާޅުވިއެވެ.

މި ޖަލްސާގައި ކުރިއަށް އޮތް ރިޔާސީ ދައުރަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނަން ނިންމާފައިވާ އިގްތިސާދީ ސިޔާސަތުކަމަށްވާ، "އިގްތިސާދީ ބޮޑު ބަދަލު" ލޯންޗުކޮށް، އެ ސިޔާސަތާއި ގުޅޭ މައުލޫމާތު ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން