ފޮޓޯ: މޯލްޑިވްސް ކަސްޓަމްސް ސާވިސް
ފޮޓޯ: މޯލްޑިވްސް ކަސްޓަމްސް ސާވިސް
މާފަރުގައި ގާއިމުކުރާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މި މަސައްކަތަކީ އުތުރުގެ އަތޮޅުތަކުގައި ކަސްޓަމްސް ޚިދުމަތް ފުޅާކުރުމުގެ ނިޔަތުގައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތެކެވެ. އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް، ނ. މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް މަހްމޫދު ރިޔާޟްއެވެ.

މިރަސްމިއްޔާތުގައި ކަސްޓަމްސްގެ އިސްވެރިންނާއި އެރަށުގައި ތިބޭ ސިފައިންނާއި ފުލުހުންނާއި އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާއި އިމާރާތުގެ ކޮންޓްރެކްޓަރު ފިއުޗަ ހޯމްސް ޕްރައިވެޓް ލިމިޓެޑްގެ ބޭފުޅުންގެ އިތުރުން މާފަރުގެ ދައުލަތުގެ އޮފީސްތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، މި ބިންގާ އެޅުނު ޢިމާރާތަކީ ރީީޖަނަލް ކަސްޓަމްސްތަކުގެ އުމްރާނީ ތަރައްޤީއަށް އިތުރުވެގެންދާ މުހިއްމު ބޮޅެއް ކަމަށެވެ. އަދި މި އޮފީސް ވެގެންދާނީ ކަސްޓަމްސްއިން ފޯރުކޮށްދޭން ހިދުމަތްތައް ފޯރުކޮށްދިނުމަށް މި ސަރަޙައްދުގެ މުހިންމު އެއް ބިނާކަމަށްވެސް ވިދާޅުވިއެވެ.

ޢަބްދުﷲ ޝަރީފް ވިދާޅުވީ، މި އިމާރާތުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ކަސްޓަމްސްގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.

މާފަރުގެ ކަސްޓަމްސް އޮފީހަކީ 6557 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. މި އިމާރާތުގައި އޮފީސް ސްޕޭސްއެއްގެ އިތުރުން އެކަމަޑޭޝަން ބްލޮކެއް ހިމެނެއެވެ. 8.66 މިލިޔަން ރުފިޔާއަށް ސަރުކާރުން މި މަޝްރޫއު ފިއުޗާރ ހޯމް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 540 ދުވަސްތަރޭ މަސައްކަތް ނިންމާ ގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން