ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގެނެސްދެއްވި ތަރައްގީ އައްޑޫ ރައްޔިތުން ބަލައިގެންފައިވާކަން ހާމަވެފައިވާކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ އެމަނިކުފާނު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ކާމިޔާބީ ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހުގެ ރަނިން މޭޓްގެ ހައިސިއްޔަތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ފުރަތަމަ ފަހަރަށް އައްޑުއަށް ވަޑައިގަތީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

އަސްލަމް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔުމަށް ވަރަށް ގިނަ ބަޔަކު ވަނީ ނުކުމެފައެވެ.

އަސްލަމް ކުރެއްވި ޓްވީޓް ވަނީ އައްޑޫއިން އޭނާއަށް ވިދާޅުވި މަރުހަބާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގެނެސްދެއްވި ތަރައްގީ އައްޑޫ ރައްޔިތުން ބަލައިގެންފައިވާކަން ހަމަވެފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"އައްޑޫއިން ތެ ދެއްކި ބޮޑޮ ތަރުހީބަށް ފަށް ފަށުން ޝުކުރު އަދާކެރަން. އަދި މިކަމުން ހާމަވެގެންގެއި، ރައީސް ގިނާސްމިދޭ ފުރިހަމަ ތަރައްގީ ބޮނޑޮތަނުން އައްޑޫ މީހުން ބަލަގަންނަ ކަން، އެ އެމަނިކުފާނަށް އިތިރި ދައުރަށްދޭއް އައްޑޫ ރައްޔިތުން ބޭނުންވޭކަން،" އައްޑޫ ބަހުރުވައިން ކުރެއްވި ޓްވީޓެއްގައި އަސްލަމް ވިދާޅުވިއެވެ.



ހިތަދޫގެ ބޮޑު ތާޢީދެއް އޮންނަ އަސްލަމަކީ މަޖިލީހުގައި ހަތަރުވަނަ ދައުރު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

ރައީސް ސާލިހުގެ ރަނިންމޭޓަކަށް އަސްލަމް އިހްތިޔާރު ކުރެއްވުމަކީ އައްޑޫގެ ބޮޑު ތާޢީދެއް އެމްޑީޕީއަށް ލިބޭނެ ކަމެއްކަމަށް ގިނަ ބަޔަކު ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން