އަހުމަދު މަސްނޫމް   26 އޯގަސްޓު 2023 - 3:9
އެމްޑީޕީ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޑިމޮކްރެޓިކްސް ޕާޓީއާއި ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފިއެވެ.

ޝިޔާން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށްފަހު، އެމްޑީޕީގެ މެމްބަރުކަމުގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

އެމްޑީޕީ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވި ޝިޔާން އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ މެއިމަހުއެވެ.



ޝިޔާން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު އެމްޑީޕީން ކެނޑިގެން ޑިމޮކްރެޓިކްސް ޕާޓީއާ ގުޅުނު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން