އެމްޑީޕީ ރޫޅާލާނެކަމަށް ވިދާޅުވި ބޭފުޅުންގެ ތެރޭގައި މައްސަލަ އުފެދި އެ ބޭފުޅުން ރޫޅެމުންދާ މަންޒަރު ފެނިވަޑައިގަންނަވަމުން ދާކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއާ އަލަށް ގުޅުނު ބައެއް އާއްމުންގެ ފޯރމު ހަވާލުކުރުމަށް ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީ ރޫޅާލުމަށް ގިނަ ބަޔަކު އަތުގުޅާލި ނަމަވެސް އެޕާޓީ ނުރޫޅޭ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީއަކީ އެތެރޭގެ ވާދަވެރިކަން ބޮޑު ޕާޓީއެއްކަމަށާއި ޕާޓީ ވަރުގަދަވުމުގެ އަސްލަކީވެސް އެއީ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ކުރިއަށް އޮތްތާގައިވެސް ޕާޓީގެ ތެރޭގައި ޑިމޮކްރަސީއާ ވާދަވެރިކަން އޮންނާނެކަމަށެވެ. އަދި އެމްޑީޕީ ކުރިއަރާ ދަނީ ވެސް އެ ސަބަބާއި ހުރެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުން ތަކާއި ބައިބައިވުން ތަކަށް ފަހު ޕާޓީން ވަކިވެ ވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމަށް ފަހު އެމްޑީޕީގެ ކުރީގެ ރައީސް މުހަންމަދު ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެ ވަރުގަދަ އިންޒާރުތަކެއް ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން