މަސަލް ކްރޭމްޕް ނުވަތަ ދިވެހިންގެ ތެރޭގައި އަކުނިވަޔަށް ދެމުމަކީ އާއްމުކަމެކެވެ. ހުރެވޭހޮތަކުން ނުވަތަ ފައިއެޅޭގޮތަކުންވެސް އަކުނިވަޔަށް ދަމައެވެ. މިއީ އެވަގުތު ކޮޅު ބައެއްމީހުންނަށް ވަރަށް ވޭހުރި ކަމެއް ނަމަވެސް ކުއްލިޔަކަށް އެ އަންނަ ތަދުގަނޑު ކުޑައިރުކޮޅެއްތެރޭގައި ބައެއްމީހުންގެ ފިލައިދެއެވެ. އެހެންނަމަވެސް މިއީ އެއްބައިމީހުންނަށް ވަރަށް ބޮޑު ވޭންދެނިވި ކަމެކެވެ. މިހެންވުމުން ހަށިގަނޑުގެ އެކި މަސްތަކުގައި ކުއްލިޔަކަށް މަސްގަނޑު ހަރުވެ ސީދާކޮށްލަން އުނދަގޫވެ ތޫނު ތަދު އިހުސާސްކުރެވެއެވެ. އަކުނިވަޔަށް ދެމުމަކީ އެކިކަހަލަ ކަންކަން ހަށިގަނޑުގައި ދިމާވުމުން މެދުވެރިވާ ހާލަތެކެވެ.
އަކުނިވަޔަށް ދެމުމަށް ދިމާވާން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން އާއްމުން އެންމެ ބޮޑަށް ވިސްނާނުލާ އެއްސަބަބަކީ ހަށިގަނޑުން ކެލްސިއަމް މަދުވުންކަމުގައި އިންޑިއާގެ ޑެލީގެ އާކާޝް ހެލްތުކެއާގައި މަސައްކަތްކުރާ ކަށީގެ ޚާއްސަ ޑޮކްޓަރު އާޝިޝް ޗައުދަރީ ބުނެއެވެ. އޭނާ ބުނާ ގޮތުގައި މިނަރަލްގެ ބާވަތްތަކުގައި ހިމެނޭ ކެލްސިއަމްއަކީ 'މަސަލް ކޮންޓްރެކްޝަން' މަސްތައް ހަރަކާތްތެރިކުރުވުމަށާއި ނާރުގެ މަސައްކަތްތަކަށް ބޭނުންވާ މުހިންމު މިނަރަލްގެ ބާވަތެކެވެ.
މަސްތައް ހަރަކާތްތެރިކުރުމަށް ނާރުތަކުން ސިގުނަލް ދިނުމުން އެސަރަހައްދެއްގެ މަސަލް ސެލްތަކުން ކެލްސިއަމް އައޮން ކިޔާ މާއްދާއެއް ބޭރުކުރެއެވެ. މިކެލްސިއަމް މާއްދާގެ ބޭނުމަކީ އެކްޓިން އާއި މަޔޮސިން ކިޔާ މަސްތައް ހަރަކާތްތެރިކުރުވާ ޕްރޮޓީން އެކްޓިވްކުރުވުމެވެ. ހަށިގަނޑުގައި ކެލްސިއަމް ލެވަލް މަދުވެއްޖެނަމަ މިދެންނެވި މަސައްކަތަށް ބުރުއަރައި އަކުނިވަޔަށް ދަމަން މެދުވެރިވަނީއެވެ.
ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށްވުރެ ކެލްސިއަމް ލެވަލް މަދުވެއްޖެނަމަ ނާރުގެ ސިގްނަލްތަކާއި މަސްތައް ހަރަކާތްތެރިވުމާއިދެމެދު ހިނގަންޖެހޭ މުހިންމު މަސައްކަތްތައް ކުރިއަށް ނުގެންދެވެއެވެ. އެހެންކަމުން މަސްގުޅަކެއުމުގެ މައްސަ ދިމާވުމަށް ފުރުސަތު އިތުރުވެއެވެ. އަދި ކެލްސިއަމް ލެވަލް ދަށް މީހުންނަށް މިކަން ދިމާވާ މިންވަރު އިތުރުކަމަށް ފާހަގަކުރެވިފައިވެއެވެ. ވަކިން ޚާއްސަކޮށް މަސްތައް ގިނައިން ބޭނުންކުރަން ޖެހޭ އެކްޓިވް ހާލަތްތަކުގައި މިހެން އިތުރަށް ދިމާވެއެވެ.
މީގެއިތުރުން ކެލްސިއަމް ލެވަލް ދަށްވުމުން މަސްތައް ހަރުވެ މަސްތަކުގެ އިހުސާސް ވަގުތީގޮތުން ނެތޭހެން ހީވެއެވެ. އަދި ބައެއްފަހަރު ކަށިހެރޭ ކަހަލަ އިހުސާސްވުންވެސް އެކަށީގެންވެއެވެ. ހަމައެހެންމެ ނިޔަފަތިތައް ތުނިވެ ފަސޭހައިން ބިންދައިގެން ދިއުމާއި ދަތުގެ އެކިއެކި މައްސަލަތައް ޖެހުމަކީވެސް ކެލްސިއަމް ދަށްވުމުން ދިމާވެދާނެކަމެކެވެ.
އަކުނިވަޔަށް ދެމުމުން ރައްކާތެރިވާނީ ކިހިނެއް؟
ކެލްސިއަމް ދަށްވުމުގެ މައްސަލަ ހައްލުކުރުމަށާއި އާއްމު ޞިއްހަތު ދުޅަހެޔޮކަންމަތީގައި ދެމެހެއްޓުމަށް އެންމެ މުހިންމީ ކެލްސިއަމް ލިއްބައިދޭ ކާނާ ކެއުމުގައި ހިމެނުމެވެ. ކެލްސިއަމް ލިއްބައިދޭ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ޑައިރީ ޕްރޮޑަކްޓްތަކާއި ފެހިކަންގަދަ ފަތާއި މަޑުކަށި ހުންނަ ބާވަތްތަކުގެ މަހެވެ. މީގެއިތުރުން ކެލްސިއަލް ސަޕްލިމެންޓްސް ކެއުމަކީވެސް ކުރެވިދާނެކަމެކެވެ.
އެހެންނަމަވެސް އެއްވެސް ބާވަތެއްގެ ސަޕްލިމެންޓް ނެގުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމުކެމެކެވެ. އޭރުން ހަށިގަނޑުގައި އެހެން މައްސަލައެއް ހުރިނަމަ ދެނެގަނެވި އަދި ކެލްސިއަމް ސަޕްލިމެންޓް ޑޯޒެޖްގެ ލަފާދެއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު