އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ މަސައްކަތްތައް ކުރިއަށްގެންދާއިރު ތިމާވެއްޓަށް ގެއްލުން ލިބޭ އަމަލުތަކުން ދުރުހެލި ވުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ކެމްޕެއިންގައި ބައެއް ފަރާތްތަކުގެ ޢަމަލުތައް ހުންނަގޮތާމެދު ކަންބޮޑުވުން ފާޅުކޮށް އީޕީއޭއިން ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައިވަނީ މި އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތަކާ ގުޅިގެން ކުރާ ބައެއް ކަންކަމުގައި ތިމާވެއްޓަށް ގެއްލުން ދެނިވި ބައެއް ކަންކަން ބައެއް މީހުން ކުރަމުންދާކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި ހިމާޔަތް ކޮށްފައިވާ ގަސްގަހާ ގެއްސަށާއި އެނޫސްވެސް ރުއްގަހަށް މޮހޮތު ޖެހުމާއި ރުއްގަހުގައި ކުލަޔާއި ދަވާދުލުންފަދަ ކަންކަން ކުރާކަން ފާހަގަކުރެވޭކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.

އަދި ޢާންމު ތަންތަނަށް ކުނިއެޅުންފަދަ ކަންކަން މިހާރު ފެންނަކަމަށް އީޕީއޭއިން ބުނެއެވެ. މީގެއިތުރުން ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ބާއްވާ ބޮޑެތި ކެމްޕެއިން ޖަލްސާތަކާއި ރެލީތަކުގައި ބައިވެރިވާ އެތައްބަޔަކު އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކޮށް އެތަކެތި ރައްކާތެރިގޮތުގައި އުކާނުލައި ޖެހުނު ތަނަކަށް އުކާފައި ހުންނަ މަންޒަރުވެސް ފެންނަމުންދާކަން އީޕީއޭއިން ފާހަގަކުރެއެވެ.



އެހެންކަމުން ތިމާވެއްޓަށް ގެއްލުންދެނިވި މިފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ސިޔާސީ ޕާޓީތަކާއި ކެމްޕެއިން ޙަރަކާތްތައް ހިންގާ އެންމެހައި ފަރާތްތަކަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން