އަހުމަދު މަސްނޫމް   26 އޯގަސްޓު 2023 - 21:40
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބްލް ޤާސިމް އިބްރާހީމްގެ ރަނިންގމޭޓް ޑރ.އަމީން އިބްރާހީމްގެ ރިޔާސީ ކެމްޕެއިނަށް ތ.އަތޮޅަށް ވަޑައިގެންފިއެވެ.

އަމީން އިބްރާހިމް ތ.އަތޮޅަށް ވަޑައިގެންނެވީ ލ.އަތޮޅަށް ކުރެއްވި ދަތުުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ.



ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އަމީން ފުރަތަމަ ވަޑައިގަތީ ތ.ކަނޑޫދުއަށެވެ. އެއަށްފަހު އެއަތޮޅު ވަންދޫއާއި ހިރިލަންދުއަށް ވަނީ ވަޑައިގެންފައެވެ.



ތ.އަތޮޅުގެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްުޔިތުންނާއި ބައްދަލުކުރައްވައި، ގާސިމްގެ މެނިފެސްޓޯގައި ހުރި ކަންކަމާއި، އެ ކަންކަމުން އެ ރަށްރަށަށް ލިބޭނެ ފައިދާތަކުގެ މައުލޫމާތު ވަނީ ދެއްވާފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕެއިން ކުރަމުންނެވެ. އަދި ކެމްޕެއިން ދަތުރުތަކުގައި އެ ޕާޓީއަށް ގިނަ ބަޔަކު ދަނީ ތާއީދުކުރާކަންވެސް ހާމަކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން