ރިޔާސީ ކެންޑިޑޭޓުންނަށް ދައުވަތު ދީގެން ދައުލަތުގެ މީޑިއާއިން އިންތިޒާމްކުރާ ރިޔާސީ ބަހުސްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއިން އިންތިޒާމްކޮށްގެން ބާއްވާ ރިޔާސީ ބަހުސް އޮންނާނީ އަންނަ ހުކުރުދުވަހުގެރެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމްގެ އިންތިޚާބީ އެޖެންޓު އަލީ ވަހީދު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުންގެ ބަހުސްގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މި އަހަރުގެ ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި 8 ބޭފުޅަކު އިންތިހާބުގައި ވާދަކުރައްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސާލިހު ފިޔަވައި އެހެން ކެންޑިޑޭޓުން ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނޭކަން ވަނީ އަންގާފައެވެ. ނަމަވެސް ރައީސް ސާލިހު ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނޭކަން އަދި އޮތީ ސުވާލެއްގެ ތެރޭގައެވެ. 2018 ވަނަ އަހަރު ބޭއްވި ރިޔާސީ ބަހުސްގައިވެސް ރައީސް ސާލިހު ބައިވެރިވެވަޑައި ގެންފައެއް ނުވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ރިޔާސީ އިންތިހާބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން