އެމްޑަބްލިޔުއެސްސީން ބޯފެން އުފައްދާ އާރުއޯ ޕްލާންޓެއް ހުޅުމާލޭގައި ބަހައްޓައިފިއެވެ.

ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެެއްގައި މި ޕްލާންޓް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ބަހައްޓާފައިވަނީ ދުވާލަކު 3000 ކިއުބިކް މީޓަރުގެ ފެން އުފައްދާ އާރުއޯ ޕްލާންޓެކެވެ.



އެމްޑަބްލިޔުއެސްސީން ބުނީ މި ޕްލާންޓަކީ ގްރޭޓަރ މާލެ ސަރަހައްދަށް ބޭނުންވާ ފެން އެއްވެސް ދަތިކަމެއް ނެތި ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ބެހެއްޓި ޕްލާންޓެއްކަމަށެވެ. އަދި މި ޕްލާންޓްގެ ސަބަބުން ހުޅުމާލޭގައި އިތުރުވަމުން އަންނަ އާބާދީއަށް ބޭނުންވާ ފެންވެސް ފޯރުކޮށްދެވޭނެކަން އެމްޑަބްލިޔުއެސްސީން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން