ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

މަޖިލީހުން އެފަދަ މައްސަލައެއް ހުށައަޅާފައިވާއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީން ބައެއް މެމްބަރުން ވަކިވެ އަލުން އެމްޑީޕީއާ ވަނީ ގުޅިވަޑައިގެންފައެވެ.

ޑިމޮކްރެޓްސް ދޫކުރަށްވައި މިފަހުން އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. ޔާސިރާއެކު އޭރު ޑިމޮކްރަޓްސްއަށް ސޮއި ކުރެއްވި ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި ކައުންސިލްގެ މެމްބަރުން ވެސް ވަނީ އެމްޑީޕީއަށް ސޮއިކުރަށްވާފައެެވެ.

އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައަޅާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މެންބަރުން އެމްޑީޕީއަށް ސޮއިކުރައްވަނީ ބޮޑެތި އަދަދުތަކުން ރިޝްވަތު ދީގެން ކަމަށް ތުހުމަތު ކުރަށްވައި ވާހަކަފުޅު ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން