މީޑިއާތަކަށް ތަފާތުކުރާކަމަށް ބުނެ، އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރުމުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ފައިނު ވައްޑޭ) އެކަމަށް ރައްދު ދެއްވައިފިއެވެ.
މިއަދު އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ވަނީ، ބްރޯޑްކާސްޓިންގ ކޮމިޝަން ކައިރިއަށް އެއްވެ މިޑިއާ އަށް ނުފޫޒު ނުފޯރުވުމަށާއި، މީޑިއާގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ގޮވާލާ ޝުއޫރުފާޅުކޮށްފައެވެ. އެއްވި ފަރާތްތަކުން ވަނީ ބްރޯޑްކާސްޓިން ކޮމިޝަން މިނިވަންކަމާއެކު މަސައްކަތް ކުރުމަށާއި، މީޑިއާތަކުގެ މެދުގައި ހަމަހަމަ ފުރުސަތު ފަހިކޮށް، ވަކި މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ވިސްނުން ނުގެންގުޅުމަށް ގޮވާލާފައެވެ.
ވައްޑޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރެކޯޑް އަދަދަކަށް ނޫސްވެރިން ހައްޔަރުކޮށް، މީޑިޔާތައް ޖޫރިމަނާކޮށް، މީޑިޔާތައް ބަންދުކޮށް، ޓީވީ ސްޓޭޝަނެއްގައި ހުޅުޖަހައި، އަބުރޭ ކިޔައި ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ބާރު ކަނޑުވާލައި، އެއްވެއުޅުން މަނާކޮށް ހެދި މީހުން މިއަދު ނުކުމެ މީޑިޔާގެ ދިފާއުގައި އެބަ މުޒާހަރާކުރެޔޯ ކިޔާތީ އަޑުއިވޭކަމަށެވެ.
އިދިކޮޅުން މިއަދު ބްރޯޑްކޮމް ކުރިމަތީގައި މުޒާހަރާ ކޮށްފައިވާއިރު، ދާދި ފަހުން ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ މީޑިއާތަކުން ގެނެސްދީފައިވާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މީޑިއާ ކައުންސިލަށާއި ބްރޯޑްކޮމްއަށް ވަނީ އަންގާފައެވެ. އަދި އެކަމާއި ގުޅިގެން ބައެއް މީޑިއާތަކުން މި ޚަބަރު ގެނެސްދީފައިވާ ގޮތް ބްރޯޑްކޮމް އިން ވަނީ ބަލަން ފަށާފައެވެ.
ފުލުހުންވަނީ ސަފާރީ ރޭޕްކޭސް މައްސަލައިގައި ހިމެނޭ ބިދޭސީ އަންހެން މީހާ އެއްވެސް މީޑިއާއަކަށް އިންޓަވިއުއެއް ދީފައި ނުވަނީސް އޭނާގެ އިންޓަވިއުކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރުތަކެއް ފަތުރަމުން ގެންދާތީ އެކަން އެގޮތަށް ނުކުރުމަށް އަންގާފައެވެ. އަދި އޭގެ ފަހުން މާގިރި ހޮޓަލުގައި ޓުއަރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުންތަކެއް އުޅުއްވިގޮތްކަމަށް ބުނެ އެ ހޮޓަލްގެ ސީސީޓީވީ ފޫޓޭޖް ލިބިފައިވާކަމަށް ބައެއް މީޑިއާތަކުން ފެތުރި ޚަބަރު އެ ހޮޓަލުންވެސް ވަނީ ދޮގުކޮށްފައެވެ.
ބްރޯޑްކާސްޓިން ކޮމިޝަން ކުރިމަތީގައި އިދކޮޅުން މިއަދު ބޭއްވި މުޒާހަރާގައި ވަނީ އެކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އިސްތިއުފާ ދެއްވުމަށްވެސް ގޮވާލައްވާފައެވެ. މިއަދު އެ ކޮމިޝަން ދޮށުގައި މުޒާހަރާކުރި ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް ޔާމީންގެ ދައުރުގައި މީޑިއާގެ މިނިވަންކަން ހިފަހައްޓައި މީޑިއާ އޮބެހެއްޓުމަށް ފާޅުގައި ވަކާލާތު ކުރެއްވި މެމްބަރުން ތިއްބެވުމުން ޢާއްމުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ރެކޯޑް އަދަދަކަށް ނޫސްވެރިން ހައްޔަރުކޮށް، މީޑިޔާތައް ޖުރިމަނާކޮށް، މީޑިޔާތައް ބަންދުކޮށް، ޓީވީ ސްޓޭޝަނެއްގައި ހުޅުޖަހައި، އަބުރޭ ކިޔައި ޤއ.27ވަނަ މާއްދާގެ ބާރު ކަނޑުވާލައި، އެއްވެއުޅުން މަނާކޮށް ހެދި މީހުން މިއަދު ނުކުމެ މީޑިޔާގެ ދިފާއުގައި އެބަ މުޒާހަރާކުރެޔޯ ކިޔާތީ އެބައިވޭ 🤭 pic.twitter.com/ab3zzYlNJM
— Waddey (@waddey_) July 13, 2020
އިދިކޮޅުން މިއަދު ބްރޯޑްކޮމް ކުރިމަތީގައި މުޒާހަރާ ކޮށްފައިވާއިރު، ދާދި ފަހުން ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ މީޑިއާތަކުން ގެނެސްދީފައިވާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މީޑިއާ ކައުންސިލަށާއި ބްރޯޑްކޮމްއަށް ވަނީ އަންގާފައެވެ. އަދި އެކަމާއި ގުޅިގެން ބައެއް މީޑިއާތަކުން މި ޚަބަރު ގެނެސްދީފައިވާ ގޮތް ބްރޯޑްކޮމް އިން ވަނީ ބަލަން ފަށާފައެވެ.
ފުލުހުންވަނީ ސަފާރީ ރޭޕްކޭސް މައްސަލައިގައި ހިމެނޭ ބިދޭސީ އަންހެން މީހާ އެއްވެސް މީޑިއާއަކަށް އިންޓަވިއުއެއް ދީފައި ނުވަނީސް އޭނާގެ އިންޓަވިއުކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރުތަކެއް ފަތުރަމުން ގެންދާތީ އެކަން އެގޮތަށް ނުކުރުމަށް އަންގާފައެވެ. އަދި އޭގެ ފަހުން މާގިރި ހޮޓަލުގައި ޓުއަރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުންތަކެއް އުޅުއްވިގޮތްކަމަށް ބުނެ އެ ހޮޓަލްގެ ސީސީޓީވީ ފޫޓޭޖް ލިބިފައިވާކަމަށް ބައެއް މީޑިއާތަކުން ފެތުރި ޚަބަރު އެ ހޮޓަލުންވެސް ވަނީ ދޮގުކޮށްފައެވެ.
ބްރޯޑްކާސްޓިން ކޮމިޝަން ކުރިމަތީގައި އިދކޮޅުން މިއަދު ބޭއްވި މުޒާހަރާގައި ވަނީ އެކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އިސްތިއުފާ ދެއްވުމަށްވެސް ގޮވާލައްވާފައެވެ. މިއަދު އެ ކޮމިޝަން ދޮށުގައި މުޒާހަރާކުރި ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް ޔާމީންގެ ދައުރުގައި މީޑިއާގެ މިނިވަންކަން ހިފަހައްޓައި މީޑިއާ އޮބެހެއްޓުމަށް ފާޅުގައި ވަކާލާތު ކުރެއްވި މެމްބަރުން ތިއްބެވުމުން ޢާއްމުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު