މި ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމުން ބައިވަރު އަންހެން ލީޑަރުން ރަށްރަށުގައި އުފެދިއްޖެކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރުގެ މަޤާމުވެސް އަދާކުރައްވާ އަލީ ނިޔާޒް ވިދާޅުވީ ސަރުކާރުން އަންހެނުން ބާރުވެރިކުރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށާއި އަދި އެކަމުގެ ހެޔޮ ނަތީޖާ ފެނިފައިވާކަމަށެވެ. އެގޮތުން ސަރުކާރުން ކުރި މަސައްކަތާއެކު ރަށްރަށުގައި ބައިވަރު އަންހެން ލީޑަރުން މިއަދު އުފެދިއްޖެކަމަށް ނިޔާ ވިދާޅުވިއެވެ.

ނިޔާ ވިދާޅުވީ ރަށްރަށުގައި ބައިވަރު އަންހެން ލީޑަރުން އުފެދިގެން ދިޔައީ އެބޭފުޅުން ކައުންސިލްތަކަށް އައުމަށް ފުރުސަތު ދިނުމުންކަމަށެވެ. އަދި އެއީ އެމްޑީޕީން ފަހިކޮށްދިން ފުރުސަތެއް ކަމަށްވެސް ނިޔާ ވިދާޅުވިއެވެ.



ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަންހެން ކަނބަލުންނަށް ދެއްވާ ޚާއްސަ އިސްކަމެއްގެ ތެރެއިން ކެބިނެޓްގައި 33 އިންސައްތައާއި ކައުންސިލްތަކުގައި ވެސް 33 އިންސައްތަ ޖާގަ ކަނބަލުންނަށް ވަނީ ޚާއްސަކޮށްފައެވެ.

މީގެއިތުރުން އަންހެނުންގެ ކޮމެޓީތަކެއް އުފައްދަވައި އަންހެނުންނަށް ދިމާވާ އެކި މައްސަލަތައް ހައްލުކުރެއްވުމަށްވެސް މިސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން