އެމްއާރުއެމްގެ ކުރީގެ ކައުންސިލް މެމްބަރު މުހައްމަދު ފައިސަލް އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

މުހައްމަދު ފައިސަލްއަކީ އަބޫދާބީގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރެވެ.

އެމްޑީޕީން ބުނީ މުހައްމަދު ފައިސަލް މިރޭ އެމްޑީޕީއަށް ސޮއިކޮށްފައިވާކަމަށެވެ. އަދި އެނާއެކު 74 މެމްބަރަކުވެސް އެމްޑީޕީއަށް ސޮއިކޮށްފައިވާކަމަށް އެމްޑީޕީން ބުނެއެވެ.



ފައިސަލް އެމްޑީޕީއަށް ސޮއިކުރުމަށްފަހު، އޭނާގެ ފޯމާއި ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހުއެވެ.



ފައިސަލްގެ އިތުރުން އެމްއާރުއެމްގެ ކުރީގެ ޒުވާނުންގެ ކައުންސިލްގެ ރައީސް އިބްރާހިމް ފަރުހާދު އާއި އެމްއާރުއެމްގެ ސުލޫކީ ކޮމިޓީގެ މެމްބަރެއްވެސް ވަނީ މިރޭ އެމްޑީޕީއަށް ސޮއިކޮށްފައެވެ.

ރިޔާސީ އިންތިހާބާއި ދިމާކޮށް ބައެއް ޕާޓީތަކުގައި އިސްކޮށް އުޅުނު ބައެއް މެމްބަރުން ދަނީ އެމްޑީޕީއަށް ސޮއިކުރަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީއާއި، އެމްއާރުއެމްއާއި ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ އެމްޑީޕީއާ ގުޅިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން