އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުވައްމުލަކަށް ވަޑައިގެންނެވި ވަގުތު މަރުހަބާ ދެންނެވުމަށް ބަޔަކު އަދާލަތު ޕާޓީ ރަމްޒުވާ ކުލަ ހިމެނޭ ޓީޝާޓު ލައިގެން ނުކުތުމުން އެޕާޓީން ކަންބޮޑުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު މިރޭ ވިދާޅުވީ މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުން ކުރުމަކީ އިންތިހާބާބެހޭ އާންމު ގަވައިދުގެ ދަށުން މަނާ ކަމެއް ކަމަށެވެ.

ނަޒީރު ވަނީ އެފަދަ އަމަލުތައް ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަށް ފުވައްމުލަކުން މަރުހަބާ ކިޔަން ފެހިކުލައިގެ ޓީޝާޓުތަކެއް ލައިގެން ބަޔަކު ވަނީ ނިކުމެފައެެވެ. މުއިއްޒަށް މަރުހަބާ ކިޔަން ނުކުތީ އަދާލަތު ޕާޓީ އުފެއްދިއިރު އެ ޕާޓީއާ ގުޅުނު ފުވައްމުލަކު އިސް، ފައުންޑިން މެންބަރުންތަކެއް ކަމަށް އެނގިފައިވެއެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުއިއްޒަކީ އަދާލަތު ޕާޓީން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި ބޭފުޅެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން