އެމަނިކުފާނުގެ ވެރިކަމެއްގައި ވަކި ގައުމަކަށް ހާއްސަ ސަމާލުކަމެއް، ނުދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިންގެ ތެރެއިން މިރޭގެ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ވަކި ގައުމަކަށް ދޭ ހާއްސަ ސަމާލުކަމެއް، ނޯންނާނެ ކަމަށެވެ. އެގޮތުން ވަކި ކޮޅަކަށް ބުރަވެފައިވާ ހާރިޖީ ސިޔާސަތު ގަބޫލު ނުކުރައްވާކަމަށާއި އޭނާގެ ވެރިކަމެއްގައި ބޭރުގެ ކޮންމެ ގައުމަކާއި ވެސް ގުޅުން އޮންނާނީ ހަމަހަމަ އުސޫލުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރެވޭނެ ގޮތަކީ އެއީ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ރާއްޖެއަށް ނުފޫޒު ފޯރުވައި ބަސް ބުނުމުގެ ފުރުސަތު އިތުރު ގައުމަކަށް އޮވެގެން ނުވާނެކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިންނަށް ތިބުމުގެ ފުރުސަތެއް ނޯއްނާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު އެއީ ރައްޔިތުންނަށް ގައުމުގެ ބަސް ބުނުމަށް ފުރުސަތު ލިބޭ އެންމެ ފަހު ފަހަރުކަމަށް ދެކި ވޯޓުލާން ނުކުތުމަށް ވެސް މުއިއްޒު ވަނީ ގޮވާލައްވާފައެވެ. އެގޮތުން އެންމެން އެކަތިގަނޑެއްގެ ގޮތުގައި ނިކުމެ، ވޯޓްލާއިރު ގައުމު އިސް ކުރުމަށް ވެސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން